މަޑިއެއް ކަށިޖެހުމުގެ ސަބަބުން މީހަކު މަރުވެއްޖެ

އޮސްޓްރޭލިޔާގެ ޓަސްމޭނިއަން ކޯސްޓުގައި މޫދަށް އެރި އުޅުނު މީހެއްގެ ގަޔަށް މަޑިއެއް ކަށިޖެހުމުން އޭނާ މަރުވެއްޖެ އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މމި ހާދިސާގައި މަރުވެފައިވަނީ 42 އަހަރުގެ ފިރިހެނެކ...

19 Nov 2018 | 08:54

އޮސްޓްރޭލިޔާގެ ޓަސްމޭނިއަން ކޯސްޓުގައި މޫދަށް އެރި އުޅުނު މީހެއްގެ ގަޔަށް މަޑިއެއް ކަށިޖެހުމުން އޭނާ މަރުވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މމި ހާދިސާގައި މަރުވެފައިވަނީ 42 އަހަރުގެ ފިރިހެނެކެވެ. މަޑި ކަށި ޖެހީ އޭނާގެ ދައް ބަނޑަށް ކަމަށާއި، އޭނާ މަރުވީ ކާޑިއެކް އެރެސްޓަކަށް ގޮސްގެން ކަމަށް ލަފާކުރެވޭ ކަމަށް އެ ސަރަހައްދުގެ ފުލުހުން ވަނީ ބުނެފަ އެވެ.

މަޑިއަކީ އޭގެ ސެލްފް ޑިފެންސަށް ނޫންގޮތަކަށް އިންސާނުންނަށް ހަމަލާ ދޭ އެއްޗެއް ނޫނެވެ. އަދި މޑީގެ ހަމލާއިން މީހަކު މަރުވުމަކީ ނާދިރު ކަމެކެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި 2006 ވަނަ އަހަރުގައިވެސް އޮސްޓްރޭލިޔާގައި މަޑި އެއް ކަށި ޖަހައިގެން މީހަކު މަރުވެފައވިވެއެވެ.

އޮސްޓްރޭލިއާގައި މަޑި އެއް ކަށި ޖަހައިގެން މީހަކު މަރުވެފައިވާއިރު، ފަހަކަށް އައިސް މޫދަށް އެރި އުޅޭ މީހުންނަށް މިޔަރުގެ ހަމަލާތައް ދަނީ އަމާޒު ވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް