ގއ ވިލިނގިލީ ބްރާންޗަށް ވަގުން ވަދެފައިވާތީ ހިދުމަތްތައް ވާނީ ކަނޑާލެވިފަ: ބީއެމްއެލް

ގއ. ވިލިނގިލީގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗަށް ބަޔަކު ވަދެ ވައްކަންކޮށްފައިވާތީ އެ ބްރާންޗްގެ ހިދުމަތްތައް މެދުކަނޑާލައިފިއެވެ. މިކަމާއި ގުޅޭގޮތުން ބޭންކުން ބުނެފައިވަނީ ބީއ...

19 Nov 2018 | 06:05

ގއ. ވިލިނގިލީގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗަށް ބަޔަކު ވަދެ ވައްކަންކޮށްފައިވާތީ އެ ބްރާންޗްގެ ހިދުމަތްތައް މެދުކަނޑާލައިފިއެވެ.

މިކަމާއި ގުޅޭގޮތުން ބޭންކުން ބުނެފައިވަނީ ބީއެމްއެލްގެ ގއ. ވިލިނގިލީ ބްރާންޗަށް ވަގަށް ވަދެފައިވާތީވެ، އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން ކަމަށާއި މި މައްސަލަ ތަހުގީގު ކުރުމަށްޓަކައި މިހާރު ފުލުހުން ބްރާންޗްގައި ހަރަކާތްތެރިވަމުންދާތީވެ، ބްރާންޗުން ދެމުންދާ ޚިދުމަތް މިވަނީ ވަގުތީ ގޮތުން މެދު ކަނޑާލެވިފައި ކަމަށެވެ.

"ބްރާންޗްތެރޭގައި ފުލުހުން ބަލަން ޖެހޭ ބެލުންތައް ބަލައި ނިމުމާއެކު އަލުން ހިދުމަތް ދޭން ފެށޭނެ ވާހަކަ ދެންނެވީމެވެ." ބޭންކުން ބުނެފައިވެއެވެ.

މި މައްސަލައިގާ ފުލުހުން މިއަދު ބުނެފައިވަނީ މައްސަލަ ރިޕޯޓްކޮށްފައިވަނީ ފަތިހުގެ ވަގުތެއްގައި ކަމަށާއި ބޭންކުގެ ތިޖޫރިތައް ފަޅާލާފައިވާކަމަށެވެ. ވަގަށް ނަގާފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއްކަން ފުލުހުން އަދި ބޭންކުންވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް