ސައިކަލުތަކުން ލޯގަނޑު ވަގަށް ނަގާ ދެމީހަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
ފުލުހުން ބުނެފައިވަނީ ތިރީގައިވާ ވީޑިއޯއިން ފެންނަ މީހުންނަކީ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ، މައްސަލައަކާ ގުޅިގެން ހޯދަމުންދާ ދެ މީހުން ކަމަށެވެ.
https://www.youtube.com/watch?v=ixfGqVjlsnU
އެ ވީޑިއޯއިން ފެންނަގޮތުގައި އެކަކު ސައިކަލު މަތީގައި އިނދެ ސައިކަލެއްގެ ލޯގަނޑު ނައްޓާ އަނެކަކު އަތަށް ދެއެވެ. އަނެކަކު އެ ލޯގަނޑު ކޮތަޅަކަށް ލައެވެ.
ވީމާ މިމީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެއެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް