އެއްވެސް އިރަކު ކެބިނެޓަށް އައުމުގެ ވިސްނުމެއް ނެތް: ރޮޒައިނާ

އެއްވެސް އިރެއްގައި ކެބިނެޓުގެ މަޤާމަކަށް އައުމަށް ވިސްނައި އެފަދަ ވާހަކައެއް ރައީސް އިބްރާޙިމް މުހައްމަދު ސާލިޙާއި ހިއްސާކޮށްފައި ނުވާނެ ކަމަށާއި އަދި އެފަދަ ވިސްނުމެއްވެސް ގެންގުޅުއްވާފައި ނުވާނެ ކަ...

19 Nov 2018 | 05:21

އެއްވެސް އިރެއްގައި ކެބިނެޓުގެ މަޤާމަކަށް އައުމަށް ވިސްނައި އެފަދަ ވާހަކައެއް ރައީސް އިބްރާޙިމް މުހައްމަދު ސާލިޙާއި ހިއްސާކޮށްފައި ނުވާނެ ކަމަށާއި އަދި އެފަދަ ވިސްނުމެއްވެސް ގެންގުޅުއްވާފައި ނުވާނެ ކަމަށް މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.

"ގިނަ ބަޔަކު އަޅުގަނޑާ ސުވާލު ކުރޭ ކީއްވެގެންތޯ ކެބިނެޓަށް ވަޑައިނުގަތީ. އަޅުގަނޑު އަބަދުވެސް ރައީސް އިބޫއަށް ދަންނަވަން ޝައުގުވެރިވަނީ ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންނަށް ޚިދުމަތް ކުރުމުގަ ހުރުމަށްކަމަށް. އެއީ ޑިމޮކްރަސީ އެއް ފުރިހަމަ ކުރެވޭނީ މަޖިލީހުގެވެސް އެހީތެރި ކަމާއެކުގައި ކަމަށް ވާތީ." ރޮޒައިނާ ވިދާޅުވިއެވެ.

https://twitter.com/Roxeyna/status/1064251152953298945

ރޮޒައިނާ އަކީ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ޑެޕިޔުޓީ ލީޑަރެވެ. އަދި 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޑީއާރުޕީގެ ފަރާތުން ތުލުސްދޫ ދާއިރާ ތަމްސީލު ކުރެއްވި ކަނބަލެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް