އިމްރާންގެ މައްސަލަ ސުޕްރީމް ކޯޓުގައި މިއަދަށް ތާވަލުކޮށްފި

އައު ސަރުކާރުގެ ހޯމް މިނިސްޓަރުކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވާ، އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲގެ މައްސަލަ ސުޕްރީމް ކޯޓުގައި މިއަދު ތާވަލުކޮށްފިއެވެ. ތާވަލުކޮށްފައިވަނީ މިއަދު 0...

19 Nov 2018 | 04:31

އައު ސަރުކާރުގެ ހޯމް މިނިސްޓަރުކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވާ، އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲގެ މައްސަލަ ސުޕްރީމް ކޯޓުގައި މިއަދު ތާވަލުކޮށްފިއެވެ.

ތާވަލުކޮށްފައިވަނީ މިއަދު 01:00 އަށެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި މިއަދު ތާވަލުކޮށްފައިވާއިރު އިމްރާން ދޫކޮށްލަން ސުޕްރީމް ކޯޓުން މި މަހުގެ އެއްވަނަ ދުވަހު ވަގުތީ އަމުރެއް ނެރެފައިވެއެވެ. އެ އަމުރުގައި ބުނެފައިވަނީ އިމްރާން ހުކުމް ތަންފީޒު ކުރުން ވަގުތީ ގޮތުން ފަސް ކުރުމަށާއި އެމަނިކުފާނާ މެދު އެއްވެސް ފަރާތަކުން ފިޔަވަޅު ނޭޅުމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުގެ މައްޗައް އަމުރު ކުރާ ކަމަށެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެ އިމްރާން 12 އަހަރަށް ޖަލަށްލީ 2015 ވަނަ އަހަރުގަ އެވެ. އެއީ "މޭޑޭ" މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރުދީ ދެއްކެވި ވާހަކަތަކަކާ ގުޅިގެން އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް