އިންޑީޔާގައި ހިތުގެ ނާޒުކު މައްސަލައެއް ދިމާވެފައިވާ އުމުރުން 58 ދުވަހުގެ ތުއްތު ކުއްޖެއްގެ ފުރާނަ ސަލާމަތްކުރަން އެމްބިއުލާންސްއެއް 515 ކިލޯމީޓަރަށް ދުއްވައިފިއެވެ.
މި ހާދިސާގައި 515 ކިލޯމީޓަށް އެމްބިއުލާންސް ދުއްވުމަކީ ދެވަނައަށް އެންމެ ހައިރާންކުރުވަނި ކަންތަކެވެ. އަދި މިހާދިސާގެ ހަމައެކަނި ބަތަލަކީ 515 ކިލޯމީޓަރަށް އެންބިއުލާންސް ދުއްވި ތަމިމްއެއްވެސް ނޫނެވެ. 515 ކިލޯމީޓަރުގެ މި ދަތުރަށް ޓްރެފިކު ހުއްޓުވައި މަގު ހެދުމަށް އިންޑިޔާގެ އެތައް ހާސް ރައްޔިތުންނެއް ވަނީ ބައިވެރިވެފައެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭގެ 30 8 ގައި ފުލުންނާއިއެކު ނައްޓާލި މި އެމްބިއުލާންސް ވަނީ އެންމެ ފަސް ގަޑި އިރާއި 50 މިނެޓުން 515 ކިލޯމީޓަރު ކަޑަތުކޮށް ކަންނޫރުގެ ކަންނޫރް ޕަރިޔާރަމް މެޑިކަލް ކޮލެޖްއިން ތިރުވަންނަތަޕުރަމްގެ ޝްރީ ޗިތްރާ އިންސްޓިޓިއުޓަށް ވާސިލްވެފައެވެ. އިންޑިޔާގެ ބޯ ޓްރެފިކުގައި 14 ގަޑިއިރު ނަގާނެ ކަމަށް ލަފާކުރި މި ދަތުރު އަވަސްވެފައިވަނީ އެންބިއުލާންއިން ސޯސަލް މީޑިޔާ އަދި ވަޓްސްއެޕް މެދުވެރިކޮށް ދެމުންގެންދިޔަ މައުލޫމާތަށްބަލައި އެމްބިއުލާންސް އަންނަން ވާއިރަށް މަގު ދައްކައިގެން ތިބި އެތައް ހާސްަަ ރައްޔިތުންގެ ސަބަބުންނެވެ. އެމްބިއުލާންގެ ޑްރައިވަރ ތަމިމް ބުނިގޮތުގައި ދަތުރުގައި އެމްބިއުލާންސް މަޑުކޮށްލަން ޖެހުނީ އެންމެ 15 މިނެޓަށްކަމަށެވެ. އެއީ ކުއްޖާއަށް ބުއްދޭންކަމަށްވެސް ތަމިމް ވަނީ ބުނެފައެވެ. ތަމިމް މި ދަތުރުގެ ޑްރައިވަރަށްވެފައިވަނީ އަމިއްލަ އިސްނެގުމުގެ މަތިންނެވެ.
އެއްގަމު މަގުން އެމްބިއުލާންސް މެދުވެރިކޮށް މި ތުއްތުކުއްޖާ ގެންދަން ޖެހުނީ ދިމާވެފައިވާ ނާޒުކު ހިތުގެ މައްސަލައިގެ ސަބަބުން ވައިގެ މަގުން ދަތުރުކުރުން މަނާކުރުމުގެ ސަބަބުނެނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް