ސިނގިރޭޓު ބުއިން ހުއްޓާލަން ބޭނުންނަމަ ދުވަން އާދަކުރޭ!

ދުވަން ދާން އާދަވުމުން ދުންފަތާ ދުރަށްދެވި ސިނގިރޭޓު ބުއިން އެއްކޮށް ހުއްޓާލަން ފަސޭހަވާކަމަށް ކެނެޑާގެ ޔުނިވާސިޓީއަކުން ހެދި ދިރާސާއަކުން ދައްކައިފިއެވެ. ކެނެޑާގައި ގައުމީ ފެންވަރެއްގައި ހިންގި ޕްރޮގ...

19 Nov 2017 | 04:33

ދުވަން ދާން އާދަވުމުން ދުންފަތާ ދުރަށްދެވި ސިނގިރޭޓު ބުއިން އެއްކޮށް ހުއްޓާލަން ފަސޭހަވާކަމަށް ކެނެޑާގެ ޔުނިވާސިޓީއަކުން ހެދި ދިރާސާއަކުން ދައްކައިފިއެވެ.

ކެނެޑާގައި ގައުމީ ފެންވަރެއްގައި ހިންގި ޕްރޮގްރާމެއްކަމުގައިވާ ރަން ޓު ކުއިޓް ގެ ބައިވެރިންގެ މައްޗައް ހެދި މި ދިރާސާއިން ދެއްކި ގޮތުގައި 10 ހަފްތާއަށް ދެމިގެންދިޔަ ދުވުމުގެ މި ޕްރޮގްރާމުގެ 50.8 ޕަސެންޓު ބައިވެރިން ވަނީ ކާމިޔާބު ކަމާއެކު ސިނގިރޭޓު ބުއިން ހުއްޓާލާފައެވެ. އަދި 91 ޕަސެންޓު މީހުން ދުންފަތް ބޭނުންކުރާ މިންވަރު ވަނީ މަދުކޮށްފައެވެ.

ރަން ޓު ކުއިޓް ޕްރޮގްރާމް ބައިކޮށްލައިފައިވަނީ ދެބަޔަކަށެވެ. ފުރަތަމް ބައިގައި ހިމެނެނީ ދުވުމާއި ގުޅޭ މައުލޫމާތު ދިނުމާއި ދުންފަތާ ދުރަށް ދާނެ ގޮތްތަކާއި ބެހޭ މައުލޫމާތު ދިނުމުގެ ކްލާސްތަކެކެވެ. ދެވަނަ ބަޔަކީ ޕްރޮގްރާމް ނިމޭއިރު ނުހުއްޓި ފަސްކިލޯމީޓަރަށް ދުވުން ހާސިލްވާގޮތަށް ބޭއްވި ދުވާ ސެސަންތަކެކެވެ.

މި ދިރާސާ ހެދި ފަރާތުން ބުނާގޮތުގައި ކަސްރަތަކީ ދުންފަތާއި ދުރަށްދިޔުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާ އެއްޗެއްކަމަށެވެ. އަދި މީގެ އިތުރުން އަމިއްލައަށް ދުންފަތާ ދުރަށްދާން ގިނަ މީހުންނަށް އުނދަގޫކަމަށާއި އެހެން ބަޔަކާއި ގުޅިގެން ކުރާ މަސައްކަތުން ސިނގިރޭޓު ބުއިން ހުއްޓާލަންް ފަސޭހަކަމަށްވެސް މި ފަރާތުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް