ސައުތު އޭޝިއަން ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ގައުމީ އެތުލެޓިކްސް ޓީމުގައި ހިމެނޭ ހުސެއިން ހަލީމްއާއި އަހުމަދު އަޒްނީމް އިންޑިއާއަށް ފުރައިފި އެވެ.
މިއަދު މެންދުރު އިންޑިއާގެ ރަންޗީއަށް ފުރި ހަލީމްއާއި އަޒްނީމް ފުރިއިރު، މިހާރު ވެސް ރާއްޖޭގެ ދެ އެތުލީޓަކު އިންޑިއާގައި ތަމްރީންތައް ދަނީ ފުރިހަމަކުރަމުންނެވެ.
ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރާ އެތުލެޓިކްސް ޓީމުގައި ހިމެނޭ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުއާއި އިބްރާހިމް އަޝްފާން އަލީ (އައްޕި)އާއެކު އަޒްނީމްއާއި ހަލީމް ތަމްރީނުތައް ފުރިހަމަކުރަން ފަށާނެ އެވެ.
އަންނަ އަހަރުގެ ފެބްރުއަރީމަހު ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރާ އެތުލެޓިކްސް ޓީމުގައި ހިމެނޭ ސާއިދު، އައްޕި، އަޒްނީމް އަދި ހަލީމްއަކީ 100މ ރިލޭ ޓީމުގައި ވެސް ހިމެނޭ އެތުލީޓުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް