އަދީބު ފިސްތޯލަ ގެންގުޅުނު މައްސަލަ ޕީޖީއަށް ފޮނުވައިފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިސްތޯލައެއް ގެންގުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ. މި މައްސަލަ ޕީޖީ އޮފީހަށް ބަލައިގެންފައިވާކަން ޔަގީން ކޮށ...

19 Nov 2015 | 09:15

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިސްތޯލައެއް ގެންގުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މި މައްސަލަ ޕީޖީ އޮފީހަށް ބަލައިގެންފައިވާކަން ޔަގީން ކޮށްދެމުން އެއޮފީހުން ބުނީ މި މައްސަލަ ބަލައިގެންފައި ވަނީ މިއަދު ކަމަށެވެ.

އަދީބު ފިސްތޯލަ ގެންގުޅުނު ކަމަށްބުނާ މައްސަލަ ޕީޖީއަށް ފޮނުވާފައި ވާއިރު ފުލުހުން ކުރިން ބުނެފައިވަނީ ދިރިއުޅުއްވި އެޕާޓްމަންޓުގައި އަދީބު ފިސްތޯލަ ގެންގުޅުނު ކަމަށް ބައެއް ފަރާތްތަކުން ފުލުހުންގެ ތަހުގީގަށް ބަޔާންދީފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް