އައްޑޫ ސިޓީ ހިތަދޫގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބި އައިސީޔޫގައި ފަރުވާ ދެމުން އެބަ ދެ އެވެ.
ދުވަހަށް މައުލޫމާތު ލިބިފައި ވާގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެކްސިޑެންޓް ހިނގާފައިވަނީ ދެ ސައިކަލު ޖެހިގެންނެވެ. މި އެކްސިޑެންޓްގައި 17 އަހަރުގެ ކުއްޖާއަށް ސީރިއަސް އަނިޔާތަކެއް ލިބުނު ނަމަވެސް މި އެކްސިޑެންޓްގައި އަނިޔާވި ދެވަނަ މީހާއަށް ސީރިސް އަނިޔާތަކެއް ލިބިފައެއް ނުވެ އެވެ.
މި އެކްސިޑެންޓް ފުލުހުން ތަހުގީގު ކުރަން ފަށާފައިވާއިރު އެކްސިޑެންޓްގައި އަނިޔާވި ކުއްޖާއަށް ފަރުވާ ދިނުމަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް