ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ފެންވަރު ބެލުމުގެ މުބާރާތުގެ ފައިނަލަށް ދަތުރުކުރި ޓީމުތައް ކަށަވަރުވެއްޖެ

ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ފެންވަރު ބެލުމަށް ބާއްވާ މުބާރާތުގެ ފައިނަލަށް ދަތުރުކުރި ޓީމުތައް ކަށަވަރުވެއްޖެ އެވެ. ގައުމީ ބާސްކެޓްބޯޅަ ޓީމަށް ނެގި ކުޅުންތެރިންގެ މެދުގައި ބާއްވާ މުބާރާތުގެ ފައިނަލަށް ...

19 Nov 2015 | 05:06

ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ފެންވަރު ބެލުމަށް ބާއްވާ މުބާރާތުގެ ފައިނަލަށް ދަތުރުކުރި ޓީމުތައް ކަށަވަރުވެއްޖެ އެވެ.

ގައުމީ ބާސްކެޓްބޯޅަ ޓީމަށް ނެގި ކުޅުންތެރިންގެ މެދުގައި ބާއްވާ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ޓީމް ބްލެކާއި ޓީމް ގްރީން އެވެ. ޓީމް ބްލެކާއި ޓީމް ގްރީން ފައިނަލުން ޖާގަ ހޯދީ ރޭ ކުޅުނު ސެމީ ފައިނަލްގެ މެޗަތައް ކާމިޔާބުކޮށްގެންނެވެ.

ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ޓީމް ވައިޓްއާ ވާދަކޮށް ޓީމް ގްރީމް މޮޅުވީ 42-47 ޕޮއިންޓުންނެވެ. ސެމީގެ ދެވަނަ މެޗުގައި ޓީމް ރެޑްއާ ވާދަކޮށް، ޓީމް ބްލެކް މޮޅުވީ  40-44 ޕޮއިންޓުންނެވެ.

މިމުބާރާތުގެ ފައިނަލުގައި ޓީމް ގްރީންއާއި ޓީމް ބްލެކް ކުޅޭ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9:00 ގައެވެ. އަދި ޓީމް ވައިޓްއާއި ޓީމް ރެޑް ބައްދަލުކުރާ ތިންވަނަ ހޮޮވާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:00 ގައެވެ.

ސައުތު އޭޝިއަން ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ މުބާރާތް ކުރިއަށްދަނީ ގައުމީ ޓީމުގެ ސްކޮޑު ހަތަރު ޓީމަކަށް ބަހާލައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް