އެމްއެންޑީއެފްގެ މިއުޒިކަލް ޑްރިލް ޑިސްޕްލޭއެއް މާދަމާ ވިލިމާލޭގައި

އެމްއެންޑީއެފްގެ މިއުޒިކަލް ޑްރިލް ޑިސްޕްލޭއެއް މާދަމާ ވިލިމާލޭގައި ބޭއްވުމަށް ނިންމާފައި ވާކަމަށް އެމްއެންޑީއެފުން ހާމަކޮށްފި އެވެ. އެމްއެންޑީއެފުން ހާމަކުރާ ގޮތުގައި މިއުޒިކަލް ޑްރިލް ޑިސްޕްލޭއެއް ވ...

19 Nov 2015 | 05:02

އެމްއެންޑީއެފްގެ މިއުޒިކަލް ޑްރިލް ޑިސްޕްލޭއެއް މާދަމާ ވިލިމާލޭގައި ބޭއްވުމަށް ނިންމާފައި ވާކަމަށް އެމްއެންޑީއެފުން ހާމަކޮށްފި އެވެ.

އެމްއެންޑީއެފުން ހާމަކުރާ ގޮތުގައި މިއުޒިކަލް ޑްރިލް ޑިސްޕްލޭއެއް ވިލިމާލޭގައި ބޭއްވުމަށް ހަމަޖެއްސީ އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ.

މިގޮތުން 20 ނޮވެންބަރު ވާ ހުކުރު ދުވަހު ހަވީރު 17:00 އަދި 17:30 ގައި ވިލިމާލޭގެ ބަނދަރު ސަރަހައްދުގައި މި ޑިސްޕްލޭ ބާއްވާގޮތަށް ހަމަޖެހިފައި ވާކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ޖުމްހޫރީ ދުވަހާއި ގުޅިގެން އެމްއެންޑީއެފުން މާލެއާއި ހުޅުމާލޭގައި ބޭއްވި މިއުޒިކަލް ޑްރިލް ޑިސްޕްލޭއަށް އާންމުންނާއި ކުޑަކުދިންގެ ވަރަށްބޮޑު ތަރުހީބެއް ލިބުނުކަން ފާހަގަކުރެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް