ފުޓްބޯޅަ ސްޓޭޑިއަމްތަކަށް ދެމުންދާ ޓެރަރިސްޓް ހަމަލާތަކުން އެއްވެސް ބިރެއް ނުގަންނަކަމަށް އެމެރިކާގެ އަންހެން ފުޓްބޯޅަ ތަރި އެލެކްސް މޯގަން ބުނެފި އެވެ.
އެމެރިކާގެ އަންހެން ގައުމީ ޓީމާއެކު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ މޯގަން މިހެން ބުނެފައިވާއިރު، ދާދިފަހުން ވަނީ ޓެރަރިސްޓް ހަމަލާއެއް ދޭނެކަމުގެ އިންޒާާރުދިނުމުން ޖަރުމަނުގެ ފިރިހެން ގައުމީ ޓީމާއި ނެދަލޭންޑްސްގެ ފިރިހެން ގައުމީ ޓީމު ބައްދަލުކުރަން ހަމަޖެހުނު އެކުވެރިކަމުގެ މެޗެއް ކެންސަލްކޮށްފަ އެވެ.
"އަހަރެން ބިރެއް ނުގަނޭ. ސަޕޯޓަރުންވެސް އެކަމާ ބިރު ނުގަންނާނެކަމަށް އަހަރެން އުންމީދުކުރަނީ. އަސްލު އެއީ އިތުރު ހިތްވަރެއް ލިބިގެންދާ ކަމެއް،" ޓީއެމްޒީ ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި މޯގަން ބުންޏެވެ.
މޯގަން ވަނީ އެމެރިކާ ގައުމީ ޓީމާއެކު މިއަހަރު ބޭއްވި ވޯލްޑް ކަޕާއި 2012 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ރަން މެޑެލްއެއް ހޯދައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް