ސައުތު އޭޝިއާ ގައުމުތަކަށް ހާއްސަކޮށްގެން ބާއްވާ ފުޓްބޯޅަ މުބާރާތް، ސާފް ސުޒުކީ ކަޕް 2015ގެ ރަސްމީ ވެބްސައިޓް އިއްޔެ ލޯންޗްކޮށްފި އެވެ.
އިއްޔެ ލޯންޗްކުރެވުނު ސާފް ސުޒުކީ ކަޕް ވެބްސައިޓުން މުބާރާތާ ގުޅޭ އެކިއެކި މައުލޫމާތުތައް ހިމެނެއެވެ. އަދި ސާފް ޗެމްޕިއަންޝިޕްގެ ތާރީހާއި މިއަހަރުގެ މުބާރާތުގައި ވާދަކުރާ ޓީމުތަކާއި، މެބާރާތުގެ ޝެޑިއުލްއާއި، ފޮޓޯއާއި، ވީޑިއޯ ބެލެން ހުރެއެވެ.
އޭގެ އިތުރުން ސޯސަލް މީޑިއާގެ ޓްވިޓާ އަދި ފޭސްބުކްގައި ހޭޝް ޓެގްގައި SAFFSuzukiCup2015 #ހިމަނައިގެން ކުރާ ޓްވީޓްތަކާއި ޕޯސްޓްތައް ވެސް އެ ސައިޓްގެ ސޯޝަލް ހައިލައިޓްސް ތެރެއިން ފެންނަން ހުންނަކަން ފާހަގަކޮށްލެވެއެވެ.
https://twitter.com/SAFFSuzukiCup/status/666902986854133760
އިންޑިއާގެ ޓްރިވެންޑްރަމްގައި އަންނަމަހުގެ 23 އިން އަންނައަހަރު ޖެނުއަރީމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.
މިމުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ އިންޑިއާއާއި، ނޭޕާލާއި، ސްރީލަންކާ އަދި ޕާކިސްތާނެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ އަފްޣާނިސްތާނާއި، ބަންގްލަދޭޝްއާއި، ބޫޓާން ދިވެހިރާއްޖެ އެވެ.
މިމުބާރާތަކީ ކުރިން ސާފް ޗެމްޕިއަންޝިޕްގެ ނަމުގައި ކުރިއަށްދިޔަ މުބާރާތެވެ. ނަމަވެސް މުބާރާތުގެ ނަން މިއަހަރަށް ރީބްރޭންޑްކޮށްފައިވަނީ ސްޕޮންސަރޝިޕްއާ ގުޅިގެންނެވެ. މިމުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސުޒުކީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް