ޝަރީފް، ފަޔާޒް، އަހުސަން، ދުންޔާޒް، ޒިޔާން އަދި ޝަފްރާޒް ގަދަ ހަޔަކަށް

ގައުމީ 10 ބޯލް ބިލިއާޑް މުބާރާތުގެ ގަދަ ހަޔަކުން މުހައްމަދު ޝަރީފް، ހުސައިން ފަޔާޒް، އަހުޝަން ހާޝިމް، ދުންޔާޒް މުހައްމަދު، އަހްމަދު ޒިޔާން އަދި ހަސަން ޝަފްރާޒް ޖާގަ ހޯދައިފި އެވެ. މިހާތަނަށް މިމުބާރާތ...

19 Nov 2015 | 02:33

ގައުމީ 10 ބޯލް ބިލިއާޑް މުބާރާތުގެ ގަދަ ހަޔަކުން މުހައްމަދު ޝަރީފް، ހުސައިން ފަޔާޒް، އަހުޝަން ހާޝިމް، ދުންޔާޒް މުހައްމަދު، އަހްމަދު ޒިޔާން އަދި ހަސަން ޝަފްރާޒް ޖާގަ ހޯދައިފި އެވެ.

މިހާތަނަށް މިމުބާރާތުގެ އެއްވެސް މެޗަކުން ބަލިވެފައިނުވަނީ ދެ ކުޅުންތެރިއެކެވެ. އެއީ ރާއްޖޭގެ އެއްވަނަ ބިލިއާޑް ކުޅުންތެރިޔާ މުުހައްމަދު ޝަރީފްއާއި ރާއްޖޭގެ ދެވަނަ ބިލިއާޑް ކުޅުންތެރިޔާ ހުސައިން ފަޔާޒް އެވެ.

އެމްޕީބީއޭ ކްލަބު ހައުސްގައި ރޭ ވެސް މިމުބާރާތުގެ 8 މެޗެއްގެ ކުޅުން ކުރިއަށްދިޔަ އެވެ. ހަސަން ރާޖޭޝް މޫސާ އަތުން އިބްރާހިމް ހަނީފް 7-6 ފްރޭމްއިން މޮޅުވެފައިވާއިރު ހުސައިން ސަނީފް އަތުން އަހްމަދު ޒިޔާން މޮޅުވީ 3-7 ފްރޭމްއިންނެވެ. އަހްމަދު ރަމްޒީ އަތުން ޔޫސުފް ޒުބައިރު 7-4 ފްރޭމްއިން މޮޅުވިއިރު، އަލީ ޝާވިން އަތުން ހަސަން ޝަފްރާޒް މޮޅުވީ 5-7 ފްރޭމްއިންނެވެ.

އަހުސަން ހާޝިމް އަތުން 7-2 ފްރޭމްއިން ހުސައިން ފަޔާޒް މޮޅުވިއިރު، ދުންޔާޒް މުހައްމަދު އަތުން މުހައްމަދު ޝަރީފް މޮޅުވީ 6-7 ފްރޭމްއިންނެވެ. އިބްރާހިމް ހަނީފް އަތުން އަހްމަދު ޒިޔާން 7-6 ފްރޭމްއިން މޮޅުވިއިރު، ޔޫސުފް ޒުބައިރު އަތުން ހަސަން ޝަފްރާޒް މޮޅުވީ 7-3 ފްރޭމްއިންނެވެ.

މިމުބާރާތުގައި ޖުމްލަ 32 ކުޅުންތެރިން ވާދަކުރެ އެވެ. އެމްޕީބީއޭ ރޭންކިންގްގެ ގަދަ 16 ގައި ހިމެނޭ ކުޅުންތެރިންނަށް އޮޓޮމެޓިކް ޖާގައެއް ދީފައިވާއިރު، އަނެއް 16 ކުޅުންތެރިން ހޮވާފައިވަނީ ކޮލިފައިން ބުރުންނެވެ. މިމުބާރާތް ކުރިއަށްދަނީ ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ.

މިމަހުގެ 11 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ ޗެމްޕިއަން ހޯދާ ކުޅުންތެރިޔާއަށް 7000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. ރަނަރަޕް ކުޅުންތެރިޔާއަށް 3000 ރުފިިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ތިންވަނައަށް ހޮވޭ ކުޅުންތެރިޔާއަށް 2000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. އޭގެ އިތުރުން ވެސް ވަނަވަނައަށް ހޮވޭ ކުޅުންތެރިންނަށް އިނާމުތަކެއް ހުށަހަޅާގޮތަށް ހަމަޖެހިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް