އިންޓަރނޭޝަނަލް ފްރެންޑްލީ: މެސީގެ އާޖެންޓީނާގެ މައްޗަށް ރޮނާލްޑޯގެ ޕޯޗުގަލްއިން ކުރި ހޯދައިފި

އިތުރުވަގުތުގެ ތެރޭގައި ޖެހި ގޯލާއެކު އެކުވެރިކަމުގެ މެޗެއްގައި ޕޯޗުގަލްއިން އާޖެންޓީނާ ބަލިކޮށްފިއެވެ. ރޭދަންވަރު ރާއްޖެގަޑިން 12:45 ގައި ފެށުނު މިމެޗު ކުޅެފައިވަނީ މެންޗެސްޓާ ޔުނައިޓެޑުގެ ރަސްމީ ދަނ...

19 Nov 2014 | 16:18

އިތުރުވަގުތުގެ ތެރޭގައި ޖެހި ގޯލާއެކު އެކުވެރިކަމުގެ މެޗެއްގައި ޕޯޗުގަލްއިން އާޖެންޓީނާ ބަލިކޮށްފިއެވެ.

ރޭދަންވަރު ރާއްޖެގަޑިން 12:45 ގައި ފެށުނު މިމެޗު ކުޅެފައިވަނީ މެންޗެސްޓާ ޔުނައިޓެޑުގެ ރަސްމީ ދަނޑު ކަމުގައިވާ އޯލްޑް ޓްރެފޯޑުގައެވެ.

މިމެޗަކީ ގިނަ ދުވަސް ތަކަކަށްފަހު މެސީއާއި ރޮނާލްޑޯގެ ގައުމީޓީމު ބައްދަލުކުރި މެޗަކަށްވުމުން ގިނަބައެއްގެ ޝައުގުވެރިކަން މިމެޗަށް ވަނީ ހުއްޓިފައެވެ. ނަމަވެސް މިދެކުޅުންތެރިންވެސް ހާފްޓައިމްގައި ބަދަލު ކުރުމުން މެޗުގެ ފޯރި ވަނީ އެއްކޮށް ކަހަލަ ގޮތަކަށް ގެއްލިފައެވެ.

މެސީއާއި ރޮނާލްޑޯ ކުޅުނު ފުރަތަމަ ހާފުގައި މިދެކުޅުންތެރިންނަށް ވެސް ވަނީ ރަނގަޅު ފުރުސަތު ތަކެއް ލިބިފައެވެ. މެސީއަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ދަނޑީގައި ޖެހިފައިވާއިރު ރޮނާލްޑޯއަށް ލިބުނު ފުރުސަތުގައި އޭނާގެ އާންމު އުކުޅުތަކެއް ދައްކާލުމަށްފަހު ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިންނެވެ.

މެޗުގެ ހަމައެކަނި ގޯލަ ޕޯޗުގަލްއަށް ކާމިޔާބު ކޮށްދީފައި ވަނީ އިތުރުވަގުތުގެ ތެރޭގައި ޒުވާން ކުޅުންތެރިޔާ ރަފެއިލް ގެރޭރޯއެވެ. މިއީ ރަފައެލް ސީނިޔާ ގައުމީ ޓީމަށް ކާމިޔާބު ކޮށްދިން ފުރަތަމަ ގޯލައެވެ.

މި މެޗުން ޕޯޗުގަލް މޮޅުވި ނަމަވެސް މެޗުގެ ގިނަވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތައް އުފައްދާފައި ވަނީ އާޖެންޓީނާއިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް