ފިލައިގެން އުޅުނު އަންހެން ކުއްޖާ ހޯދާ، ފިލުވައިގެން އުޅުނު ފިރިހެނަކު ހައްޔަރުކޮށްފި

އާއިލާއަށް ފިލައިގެން އުޅުނު 16 އަހަރުގެ އަންހެން ކުއްޖާ ހޯދައި އޭނާގެ އާއިލާއާ ހަވާލު ކޮށް، އެ އަންހެން ކުއްޖާ ފިލުވައިގެން ގެންގުޅުނު ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ ގ. ގްރީން...

19 Nov 2014 | 15:18

އާއިލާއަށް ފިލައިގެން އުޅުނު 16 އަހަރުގެ އަންހެން ކުއްޖާ ހޯދައި އޭނާގެ އާއިލާއާ ހަވާލު ކޮށް، އެ އަންހެން ކުއްޖާ ފިލުވައިގެން ގެންގުޅުނު ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ގ. ގްރީންބީންސް ޝިފާ މުޙައްމަދު (16އ) އާއިލާއަށް ފިލާފައިވާކަމަށް އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށާއި އޭނާ ފެނިފައިވަނީ، މާފަންނު ގެއެއްގެ ތެރޭގައި އޭނާ ހުރި ކަމުގެ މަޢުލޫމާތު އާންމު ފަރާތަކުން ފުލުހުންނަށް ދިނުމާއެކު ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓްގެ މުވައްޒަފުން އެގެއަށް ގޮސް ގޭގެ ވެރިފަރާތުގެ ހުއްދާއާއެކު އެގޭތެރެ ބަލައިފާސްކުރިއިރު އެގޭ ކޮޓަރިއެއްގެ ތެރެއިން ކަމަށެވެ.

ޝިފާ މުޙައްމަދު ހޯދުމަށް ފުލުހުން ހިންގި ހަރަކާތުގައި އޭނާ ފިލުވައިގެން ގެންގުޅުނު ކަމަށް ތުޙުމަތު ކުރެވިގެން ހައްޔަރު ކުރީ 25 އަހަރުގެ ފިރިހެނަކު ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ އެއްވެސް ފަރާތެއްގެ ބެލުމުގެ ދަށަށުގައި ގޭގޭގައި މީހުންނާއި ކުޑަކުދިން ބައިތިއްބާއިރު އެ ފަރާތްތަކަކީ ކާކުކަން ދެނެގަނެ ކަށަވަރު ކުރުމަށް ހެޑް އޮފް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓް ޗީފް އިންޕެކްޓަރ އޮފް ޕޮލިސް ޙަސަން ޝިފާޢު އިލްތިމާސް ކުރައްވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް