ހައްދުންމައްޗާއި ކޮޅުމަޑުލުގައި މިހާރު ކުރިޔަށް ދާ ޒޯން ފުޓުބޯޅަ މުބާރާތުގައި، ތ.ވޭމަންޑޫގައި އިއްޔެ ކުޅުނު މެޗެއްގައި ވަޅި ހިފައިގެން އުޅުނު މީހަކު މިއަދު ހައްޔަރު ކޮށްފިއެވެ. ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން މި އަދު ހެނދުނު ހައްޔަރު ކޮށްފައިވަނީ 25 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އިއްޔެ ތ.ވޭމަންޑޫގައި ކުރިޔަށް ދިޔަ ފުޓްބޯޅަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ލ.މާބައިދޫގެ ޓީމަކާއި ލ.ފޮނަދޫގެ ޓީމެކެވެ. މި މެޗުގެ ތެރެއިން ހަމަނުޖެހުން ހިނގަން ފެށުމުގެ ސަބަބުން މެޗު ވަނީ މެދުކަނޑާލާފައެވެ.
މި މައްސަލާގައި ހައްޔަރު ކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ތ.ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް 05 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް