ބަނގުރާ ފުޅިއަކާއި ތޫނު ހަތިޔާރާއިއެކު 03 މީހަކު ހުޅުމާލެއިން ހުޅުމާލެއިން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލާގައި ފުލުހުނަގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 29 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނެއް ކަމަށެވެ.
މި 03 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 2014 ނޮވެމްބަރ 18 ވަނަ ދުވަހު 22:15 ހާއިރު ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލޭ ފްލެޓްގެ ކޮޓަރިއެއްގެ ތެރެއިން ކަމަށެވެ.
އަދި މި 03 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެމީހުން ތިބި ކޮޓަރި ބަލައިފާސްކުރިއިރު ބަނގުރާހުރި ފުޅިއަކާއި ބަނގުރާ ބުއިމަށް ބޭނުންކޮށްފައިވާކަމަށް ބެލެވޭ ތަށިތަކަކާއި ތޫނު ހަތިޔާރުގެ ގޮތުގައި ބެލެވޭ 02 ކްލިޕް ވަޅި ފެނިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް