ބޮލީވުޑްގެ މިއަހަރުގެ އެންމެ ބޮޑު ކައިވެނި ހަފްލާ

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ހުރިހާ ނޫސްތަކެއްގައި ހެން މިދިޔަ ދެ ހަފްތާއެއްހާ ދުވަހު ދުވަހު އެންމެ ގިނައިން ގެނެސްދީފައިިވާ އެއް ހަބަރަކީ ސަލްމާން ހާންގެ ކޮއްކޮ އަރްޕިތާ ހާންގެ ކައިވެނީގެ ވާހަކަ އެ...

19 Nov 2014 | 10:10

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ހުރިހާ ނޫސްތަކެއްގައި ހެން މިދިޔަ ދެ ހަފްތާއެއްހާ ދުވަހު ދުވަހު އެންމެ ގިނައިން ގެނެސްދީފައިިވާ އެއް ހަބަރަކީ ސަލްމާން ހާންގެ ކޮއްކޮ އަރްޕިތާ ހާންގެ ކައިވެނީގެ ވާހަކަ އެވެ.

ގިނަ ބައެއްގެ ދިގު އިންތިޒާރަކަށް ފަހު ރޭ ވަނީ އަރްޕިތާގެ ކައިވެނި ހަފްލާ ބާއްވާފައި އެވެ.

މިކައިވެނި ކުރަން އުޅޭ ކަމުގެ ހަބަރުތައް ފެތުރުނީންސުރެ ދެކެވެމުންދާ ވާހަކައަކީ މި ކައިވެނި ހަފްލާއަށް ދާނީ ކޮންތަރިންނެއް ތޯއާއި، ކައިވެނި ހަފްލާގައި ހިނގާނީ ކޮން ކަމެއް ތޯއެވެ. އަދި ހާއްސަކޮށް މި ހަފްލާއަށް ބޮލީވުޑްގެ ކިންގް ސާރުކް ހާން ދާނެތޯ ކުރެވުނު ސުވާލެވެ.

ޝާރުކް ހާން ވަނީ ދައުވަތު ނުދިނަސް އަރޕިތާގެ ކައިވެންޏަށް ދާނެ ކަމަށް ބުނެ ކައިވެނީގެ ދެ ރޭ ކުރިން ސަލްމާން ހާންމެން ގެއަށް ގޮސް އެރޭ އެއްކޮށް އެގޭގައި ހޭދަކޮށްފައެވެ. އަދި ކައިވެނީގެ ހަދިޔާއެއްގެ ގޮތުގައި ޝާރުކް ވަނީ އަރްޕިތާއަށް އަގުބޮޑު ބްރޭޏްޑުތަކެއްގެ އަތް ދަބަސްތަކެއް ދީފައެވެ. މައުލޫމާތު ލިބޭގޮތުގައި އަރްޕިތާއަކީ އަގުބޮޑެތި އަތް ދަބަސް އެޅުމަށް ވަރަށް ޝައުގުވެރިކަން ހުންނަ މީހެކެވ.

ކައިވެނީގެ ހަފްލާއަށް ބޮލީވުޑްގެ މަޝްހޫރު ތަރިންނަށް ދއުވަތު ދީފައިވާއިރު ޖުމްލަ މި ޕާޓީއަށް ދައުވަތު ދިނީ 250 މީހުންނަށެވެ. އަދި ސަލްމާން ވަނީ ކޮންކޮގެ ކައިވެނި ހަފްލާ ބޭއްވުމަށް ދެ ކްރޯދް ރުޕީސް ދީފައި ދެ ދުވަހަށް ހޮޓަލެއް ހިފާފައި އެވެ. އެ ހޮޓަށްއިއްޔެއާއި މިއަދު ދައުވަތު ދެވިގެން ގޮސްތިބި މީހުން ފިޔަވާ އެއްވެސް ބަޔަކަށް ނުވަދެވޭނެ އެވެ.

ކައިވެނި ހަފްލާގެ އެކި ހަރަކާތްތައް މިރޭގެ ނިޔަލަށް ކުރިޔަށް ގެންދާއިރު، އަރްޕިތާގެ ބޭބެއިން ކަމަށްވާ ސަލްމާން ހާންއާއި ސުހައިލް ހާނާއި އަރުބާޒު ހާންގެ ހާއްސަ ނެށުމެއް ދައްކާލާފައިވެ އެވެ. އަދި މަޝްރޫތު ތަރި ކެޓްރީނާ ކައިފް  އާއި ޕްރިޔަންކާ ޗޯޕްރާގެ ހަރަކާތެއްވެސް ދައްކާލާފައި ވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

މި ކައިވެނީގެ ހަފްލާއަށް ދިޔަ ތަރިންގެ ތެރޭގައި ކެޓްރިނާ ކައިފް އާއި ޕްރިޔަންކާ ޗޯޕްރާގެ އިތުރުން ޑައިރެކްޓާ ކަރަން ޖޯހަރާއި، އާމިރް ހާން ފާހަގަ ކުރެވެ އެވެ.

އަރްޕިތާ ކައިވެނިކޮށްފައިވާ ސިޔާސީ އާއިލާއަކަށް ނިސްބަތްވާ ވިޔަފާރިވެރިއެއް ކަމަށްވާ އަޔުޝް ޝަރްމާއާއި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް