އެތެރޭގެ އުދުހުންތަކުން ދިވެހިން އަތުން ޖީއެސްޓީ ނުނަގަން ފާސްކޮށްފި

އެތެރޭގެ އުދުހުންތަކުން ދިވެހިންގެ އަތުން ޖީއެސްޓީ ނުނަގާ ގޮތަށް މުދަލާއި ހިދުމަތްތަކުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. އެ އިސްލާހަށް ...

19 Nov 2014 | 10:02

އެތެރޭގެ އުދުހުންތަކުން ދިވެހިންގެ އަތުން ޖީއެސްޓީ ނުނަގާ ގޮތަށް މުދަލާއި ހިދުމަތްތަކުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އެ އިސްލާހަށް މަޖިލީހުގެ ރިޔާސަތުން ވޯޓަށް އެހުމުން ހާޒިރުވެތިބި 73 މެމްބަރުންގެ ތެރެއިން ފެންނަ ކަމަށް 70 މެމްބަރަކު ވޯޓު ދެއްވިއެވެ. އިސްލާހާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދީފައިނުވި ނަމަވެސް ވަކި ކޮޅަކަށް ވޯޓު ނުދެއްވާ 1 މެމްބަރަކު އިންނެވި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް އެވެ. އެ ބިލަށް ތާއީދު ކުރެއްވީ ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާނެވެ.

މި އިސްލާހާއެކު ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ބަދަލުވެގެން ދާނީ ރާއްޖޭގެ އެތެރޭގައި ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ ފަރާތްތަކުން ދިވެހިން ފިޔަވާ އެހެން ފަރާތްތަކަށް ވިއްކާ މުދަލާއި ދޭ ހިދުމަތްތަކުން ޓެކްސް ނެގޭގޮތަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް