އީސީގެ މެމްބަރު ކަމަށް އަމްޖަދުގެ ނަން ފާސްވިއިރު އަނެއް ދެބޭފުޅުންގެ ނަން ފާހެއް ނުވި

މިމަހުގެ 24 ގެ ނިޔަލަ އިލެކްޝަންސް ކޮމިޝަންގެ ދެ މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ އެ މަގާމުތަކަށް އައްޔަން ކުރުމަށް ރައީސް އަބުދުﷲ ޔާމީން ފޮނުއްވެވި ނަންތަކުގެ ތެރެއިން އެމަގާމަށް އަމްޖަދު އައް...

19 Nov 2014 | 09:39

މިމަހުގެ 24 ގެ ނިޔަލަ އިލެކްޝަންސް ކޮމިޝަންގެ ދެ މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ އެ މަގާމުތަކަށް އައްޔަން ކުރުމަށް ރައީސް އަބުދުﷲ ޔާމީން ފޮނުއްވެވި ނަންތަކުގެ ތެރެއިން އެމަގާމަށް އަމްޖަދު އައްޔަން ކުރަން ފެންނަ ކަމަށް އަދި ދެން ތިއްބެވި ދެބޭފުޅުން އައްޔަން ކުރަން ނުފެންނަ ކަމަށް މަޖިލީހުން ފާސްކޮށްފިއވެ.

އަމްޖަދުގެ ނަމަށް ވޯޓަށް އެހުމުން ހާޒިރުވެ ތިބި 73 މެމްބަރުންގެ ތެރެއިން 63 މެމްބަރުން ވޯޓު ދެއްވީ ފެންނަ ކަމަށެވެ. ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓުދެއްވިއިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ 5 މެމްބަރުން ތިއްބެވެ.

އާސިމްގެ ނަމަށް ވޯޓަށް އެހުމުން ފެންނަ ކަމަށް ވޯޓު ދިނީ އެންމެ 23 މެމްބަރުންނެވެ. ނުފެންނަ ކަމަށް 47 މެމްބަރަކު ވޯޓު ދިން އިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ 1 މެމްބަރަކު އިންނެވިއެވެ.

އައިޝަތު ހަފީޒްގެ ނަމަށް ވޯޓަށް އެހުމުން ފެންނަ ކަމަށް ވޯޓު ދެއްވީ 22 މެމްބަރުންނެވެ. ނުފެންނަ ކަމަށް 47 މެމްބަރަކު ވޯޓު ދެއްވި އިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ 1 މެމްބަރަކު އިންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް