ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުކަމަށް މާލޭ ދަފްތަރު، އާދަމް ސަޢީދު މޫސާ އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އާދަމް ސައީދު މޫސާ އެ މަގާމަށް އައްޔަން ކުރަން ވޯޓަށް އެހުމުން ފެންނަ ކަމަށް 62 މެމްބަރަކު ވޯޓު ދީފައިވާއިރު ނުފެންނަ ކަމަށް ދެ މެމްބަރަކު ވޯޓު ދިނެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެމްބަރަކު ތިއްބެވިއެވެ.
ޕީއައިސީއަށް އާދަމް ސައީދު މޫސާގެ ނަން ފާސްވުމުން ރައީސް ފޮނުއްވި ދެވަނަ ނަމަށް ވޯޓަށް އަހާފައެއް ނުވެއެވެ. އެ މަގާމަށް ރައީސް ފޮނުއްވި ތިން ނަމުގެ ތެރެއިން ކޮމިޓީން ފާސްކުރި ދެވަނަ ބޭފުޅަކީ ގ. ގޮފި، ފާޠިމަތު މިންޙަތު ޢިއްޒަތުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް