ސަފާރީއެއްގެ ސަންޑެކުން ވެއްޓި ފަތުރުވެރިއަކު މަރުވެއްޖެ

ކުޅުދުއްފުއްޓާއި ދިމާ ބޭރުގައި އޮތް ސަފާރީއައެއްގެ ސަން ޑެކް މަތިން ވެއްޓުނު ފަތުރުވެރިއަކަށް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ...

19 Nov 2014 | 08:20

ކުޅުދުއްފުއްޓާއި ދިމާ ބޭރުގައި އޮތް ސަފާރީއައެއްގެ ސަން ޑެކް މަތިން ވެއްޓުނު ފަތުރުވެރިއަކަށް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ހިނގީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށާއި ގެސްޓް މީހާ މަރުވީ ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގައި ކަމަށެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އޭނާ ވެއްޓުނީ ސަންޑެކް މަތީގައި ހުރި ގޮނޑިއެއްގައި އިށީންނަށް އުޅުމުގެ ތެރޭގައި ސަފާރީ އަރި އަޅާލުމުން ކައްސާލައިގެން ވެއްޓި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް