އާސަހަރާ ހިނަވާގޭގައި އަލުން ހިދުމަތް ދޭން ފަށައިފި

ބޭނުން ނުކުރެވޭވަރަށް ހަލާކުުވުމުން ބަންދު ކުރި އާސަހަރާ ހިނަވާގެ މަރާމާތައް ފަހު އަލުން ހުޅުވައިފި އެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ އެތަން މަރާމާރު ކުރުމަށް  90 ހާހަށްވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާ...

19 Nov 2014 | 08:01

ބޭނުން ނުކުރެވޭވަރަށް ހަލާކުުވުމުން ބަންދު ކުރި އާސަހަރާ ހިނަވާގެ މަރާމާތައް ފަހު އަލުން ހުޅުވައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ އެތަން މަރާމާރު ކުރުމަށް  90 ހާހަށްވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ. ގަލޮޅު ސަހަރާގައި ހިނެވުމުގެ ކަންކަން ކުރިޔަށް ގެންދަން ކުރަންޖެހުނު މަރާމާތައްވެސް ހަރަދުތަކެއް ދިޔަކަމަށެވެ.

އާސަހަރާ ހިނަވާގެ ބަންދު ކުރީ އެތަނުގެ މަތިވަޑާންގަނޑާއި ފަންގިފިލާގައި ކަތުރުފަނިއެޅުމުގެ އިތުރުން އެތަނުގެ ފުރާޅުގައި ޖަހާފައި ހުރި ޓިނުތައް ބާވެ، ކަރަންޓު ވައިރިން ބަދަލު ކުރަންވެގެންނެވެ.

އާ ސަހަރާ ހިނާވާގެ މަރާމާތު ކުރަން ވެގެން ގަލޮޅު ސަހަރާއަށް މައްޔިތާ ހިނެވުމުގެ ކަންކަނ ބަދަލު ކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ/.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް