އެމްޑީޕީން އިހުތިޖާޖަށް ނުކުންނަނީ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރުން އެއް އަހަރު ދުވަހުގެ ތެރޭގައި ކަންކަން ހިނގާދިޔަ ގޮތާއި މެދު ކަނބޮޑުވުން ފާޅު ކުރުމުގެ ގޮތުން އިދިކޮޅު އެމްޑީޕީން އިހުތިޖާޖު ކުރަން ނިންމައިފި އެވެ. އެ...

19 Nov 2014 | 07:20

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރުން އެއް އަހަރު ދުވަހުގެ ތެރޭގައި ކަންކަން ހިނގާދިޔަ ގޮތާއި މެދު ކަނބޮޑުވުން ފާޅު ކުރުމުގެ ގޮތުން އިދިކޮޅު އެމްޑީޕީން އިހުތިޖާޖު ކުރަން ނިންމައިފި އެވެ.

އެމްޑީޕީގެ ޗެއާޕާސަން  އަލީ ވަހީދު މީޑިއާގައި ވިދާޅުވީ އިހުތިޖާޖު ބާއްވަން ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ރޭ ރާޅުގަނޑު ސަރަހައްދުގައި ކަމަށެވެ. އޭނާ ވިދާޅުވީ އަމަން ގެއްލިގފައިވާ މިންވަރާއި އިގްތިސާދީ ގޮތުންނާއި އިޖްމާއީ ގޮތުން މިސަރުކާރުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ގެންގުޅެފައިވާ ސިޔާސަތުތަކަކީ އިހުތިޖާޖަށް ނުކުންނަ ސަބަބުތައް ކަމަށެވެ.

އިހުތިޖާޖް ތަކުގައި ކަންމަތީ ބައްދަލުވުންތަކާއި އެނޫންވެސް ކަންކަން ކުރަން ނިންމާފައިވާއިރު މާލޭގެ މަގުތަކަށް ނުކުމެ އަޑު އުފުލަން ޖެހިއްޖެނަމަ އެކަންވެސް ކުރާނެ ކަމަށް ވިދާޅުވި އެވެ.

މި އިހުތިޖާޖުގައި އެޕާޓީގެ ގިނަބަޔަކު ބައިވެރިވާނެ ކަމަށް އަލީ ވަހީދު ވިދާޅޔުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް