މަސްތުވާތަކެއްޗާއެކު މާލެއިން ދެމީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހިތަކަކާއެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 33 އަހަރުގެ ފިރިހެނަކާއި 39 އަހަރު...

19 Nov 2014 | 06:45

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހިތަކަކާއެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 33 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ރޭ ދަންވަރު މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތް ތެރިވަމުންދިޔަ މާފަންނު ޕޮލިސް ގައި މަސައްކަތް ކުރާ ފުލުހުންނަށް ދެ މީހުންގެ ޢަމަލުތައް ހުރި ގޮތުން ތުޙުމަތު ކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ރޭ ދަންވަރު 01:25 ހާއިރު ކަމަށާއި ޗާންދަނީމަގާއި ލިލީމަގު ގުޅުނު ހިސާބުން އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު މި ދެ މީހުންގެ ތެރެއިން އެކެއްގެ ފަޓުލޫނު ޖީބުގައި އޮތް ސިނގިރޭޓް ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ކަރުދާސްކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މީގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދެވަނަ މީހާ ފުލުހުން ފެނުމުން އޭނާގެ އަތުގައި އޮތް ސިނގިރޭޓް ފޮއްޓެއް ބިންމައްޗަށް އެއްލާލާފައިވާކަމަށާއި އެ ސިނގިރޭޓް ފޮށި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބްލެޓް ސައިޒުގެ ރަބަރު ޕެކެޓެއް ފެނުނު ކަމަށެވެ.

އަދި މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެ މީހުންނަކީވެސް މަސްތުވާތަކެތީގެ ގިނަ އަދަދެއްގެ މައްސަލަތަކުގެ ރެކޯޑު އޮންނަ ދެ ދެމީހުން ކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް