އައިއެސްއާ ދެކޮޅު ލަވައެއް ރިލީޒް ކުރި މިސްރުގެ ލަވަކިޔުންތެރިއަކަށް މަރުގެ އިންޒާރު ދީފި

މިސްރުގެ މަޝްހޫރު ލަވަކިޔުންތެރިއެއް ކަމަށްވާ ޝާބަން އަބްދުލް ރަހީމް، އައިއެސް އާ ދެކޮޅަށް ލަވައެއް ރެކޯޑްކޮށް އެ ލަވަ ރިލީޒް ކުރުމުން އޭނާއަށް އައިއެސްއިން މަރުގެ އިންޒާރު ދީފި އެވެ. މެދުއިރުމަތީގެ ހ...

19 Nov 2014 | 06:28

މިސްރުގެ މަޝްހޫރު ލަވަކިޔުންތެރިއެއް ކަމަށްވާ ޝާބަން އަބްދުލް ރަހީމް، އައިއެސް އާ ދެކޮޅަށް ލަވައެއް ރެކޯޑްކޮށް އެ ލަވަ ރިލީޒް ކުރުމުން އޭނާއަށް އައިއެސްއިން މަރުގެ އިންޒާރު ދީފި އެވެ.

މެދުއިރުމަތީގެ ހަބަރު ފަތުރާ ވަސީލަތްތަކުން ބުނާ ގޮތުން އަބްދުލް ރަހީމް، އޭނާގެ ލަވަ ރެކޯޑްކޮށް ރިލީޒްކުރި ފަހުން ސޯޝަލް މީޑިއާގައްޔާއި އެކި ގޮތްގޮތުން އޭނާއަށް މަރުގެ އިންޒާރުތައް އަންނަނީ ދެމުންނެވެ. އަދި އިއްޔެގެ ވަގުތެއްގައި މީހަކު ފޯނުކޮށް އެއީ އައިއެސްއިން ކަމަށްބުނެ އަބްދުލް ރަހީމް މަރާލާނެ ކަމަށް ބުނެ އިންޒާރު ދީފައިވާކަމަށްވެސް މެދުއިރުމަތީގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިންޒާރުތަކަށް ރައްދު ދެމުން އަބްދުލް ރަހީމް ބުނެފައިވަނީ އޭނާ އައިއެސްދެކެ އެއްވެސް ހާލެއްގައި ބިރު ނުގަންނަ ކަމަށާއި ބިރު ގަންނަނީ ހެއްދެވި ފަރާތް ދެކެ ކަމަށެވެ.

އަބްދުލް ރަހީމްގެ ލަވައިގާ އައިއެސް އަކީ ހައްގާ ދެކޮޅަށް މަސައްކަތް ކުރާ އަދި ތާކުންތާކު ނުޖެހޭ ޖަމާއަތެއްކަމަށް ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް