ސޫރިޔާގެ އުތުރު ބިތުގައި އޮންނަ އެލެއްޕޯ ޕްރޮވިންސަށް އަމާޒުކޮށް ސޫރިޔާގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުން ދިން ބޮމުގެ ހަމަލާތަކެއްގައި 14 މީހަކު މަރުވެ، 20 މީހަކު ޒަހަމްވެފައިވާކަމަށް އެ ސަރަހައްދުގައި ދަރުމައަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނެފިއެވެ.
އެ ސަރަހައްދުގައި ދަރުމައަށް މަސައްކަތްކުރާ ފަރާތްތަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެފައިވަނީ އެ ހަމަލާގައި 14 މީހަކު މަރުވި އިރު މަރުވި މީހުންގެ ތެރޭގައި 5 ކުޑަކުދިންނާއި ތިން އަންހެނުން ހިމެނޭ ކަމަށެވެ. އަދި ހަމަލާގެ ސަބަބުން ލިބިފައިވާ ޒަހަމްތަކަށް 20 އަށްވުރެ ގިނަ މީހުންނަށް ފަރުވާ ދެމުން އަންނައިރު އިތުރު ބަޔަކު މަރުވުމަކީއެކަށީގެންވާ ކަމެއް ކަމަށްވެސް އެ ފަރާތްތަކުން ބުނެއެވެ.
ސޫރިޔާގެ ރައީސް ބައްސާރުލް އަސަދުގެ ވެރިކަމާ ދެކޮޅު ފަރާތްތައް އުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް މީގެ ކުރިންވެސް އެގައުމުގެ އަސްކަރިއްޔާއިން ވަނީ އެތަކެއް ހަމަލާތަކެއް ދީފައެވެ. އަދި އެފަދަ ހަމަލާތަކުގައި އެތަކެއް ބަޔަކު ވަނީ މަރުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް