އިންޓަރނޭޝަނަލް ފްރެންޑްލީ: ފަހުވަގުތު ޖެހި ގޯލާއެކު ޖަރމަނީއިން ސްޕެއިން ބަލިކޮށްފި

އިންޓަރނޭޝަނަލް  ފްރެންޑްލީގައި މެޗު ނިމެންދަނިކޮށް ފަހުވަގުތުގައި ޖެހި ގޯލާއެކު ޖަރމަނީއިން ސްޕެއިން ބަލިކޮށްފިއެވެ. ސްޕެއިންގެ ބަލައިޑޯސް ސްޓޭޑިއަމްގައި ކުޅުނު މެޗު 1-0  ގެ ނަތީޖާއަކުން ނިމިފައިވާއި...

19 Nov 2014 | 04:14

އިންޓަރނޭޝަނަލް  ފްރެންޑްލީގައި މެޗު ނިމެންދަނިކޮށް ފަހުވަގުތުގައި ޖެހި ގޯލާއެކު ޖަރމަނީއިން ސްޕެއިން ބަލިކޮށްފިއެވެ.

ސްޕެއިންގެ ބަލައިޑޯސް ސްޓޭޑިއަމްގައި ކުޅުނު މެޗު 1-0  ގެ ނަތީޖާއަކުން ނިމިފައިވާއިރު، މެޗުގައި ދެޓީމުންވެސް ފެނިގެން ދިޔައީ ދައްކުޅުމެކެވެ. އެގޮތުން ދެޓީމުންވެސް ހަމަލާތަށް އުފައްދަން މަސައްކަތްކޮށްފައިވަނީ ގޯލައާއި ދުރުން ހަމަލާތަށް ފޮނުވާލައިގެނެވެ.

ޖަރމަނީއިން ޖެހި ހަމައެކަނި ގޯލް މެޗުގެ 89 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޓޯނީ ކުރޫސްއެވެ. ޖަރމަނީގެ ގޯލައަކީ ސްޕެއިންގެ ބަދަލު ގޯލް ކީޕަރެއްގެ ގޮތުގައި ކުޅެންނިކުތް ކީކޯ ކަސިލާ ގެ ގޯހަކުން ކާމިޔާބުކުރި ގޯލައެކެވެ.

މެޗުގައި ޖަރމަނީ އަދި ބަޔާރންގެ ފޯވަރޑް ތޯމަސް މުލާއަށްވަނީ އަނިޔާވެފައެވެ.

މިއީ ޑެލްބޮސްކޭގެ އިރުޝާދުގެ ދަށުން ސްޕެއިން އަމިއްލަ ގައުމުގައި ބަލިވި ފުރަތަމަ ފަހަރެވެ. ދުނިޔޭގެ ޗެމްޕިއަނުން ޖަރުމަނު އޮތީ ފީފާ ރޭންކިންގެ 1 ވަނައިގައެވެ. ވާރލްޑް ކަޕުގެ ގުރޫޕް ސްޓޭޖުން ކެޓުމުގެ ހިތި ތަޖުރިބާއަށްފަހު ކުރީގެ ދުނިޔޭ ޗެމްޕިއަން ސްޕެއިންވަނީ ފީފާ ރޭންކިންގެ  10 ވަނައަށް ވެއްޓިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް