ގަވައިދާ ހިލާފަށް ހުޅުމާލޭގައި ހިންގާ ކެފޭއެއް ބަލާ ފާސްކުރަނީ -- ފޮޓޯ: އިމިގްރޭޝަން
ހުޅުމާލޭގައި ހުއްދަނެތި ހިންގަމުންދާ ކެފޭތަކަށް އަމާޒުކޮށް އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ތިން ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
އިމިގްރޭޝަނުން ބުނީ އެ އިދާރާގެ ޓާސްކްފޯހުން އިއްޔެ ހިންގި ރެއިޑެއްގައި އެ ކެފޭތަކުން ހައްޔަރު ކުރީ ގާނޫނާ ޚިލާފަށް މަސައްކަތްކުރަމުން ދިޔަ ތިން ބިދޭސީން ކަމަށެވެ.
މި އޮޕަރޭޝަންގައި 22 ބިދޭސީއަކާއި ސުވާލުކޮށް މައުލޫމާތު ނެގި އެވެ.
ހުއްދަނެތި ހިންގަމުންދިޔަ ކެފޭތަކުގެ ނަމެއް އަދި އެތަންތަން ބަންދު ކުރި ކަމެއް އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެއެވެ.
މީގެ ކުރިންވެސް އިމިގްރޭޝަނުން ވަނީ ހުޅުމާލޭގައި މިފަދަ އޮޕަރޭޝަންތައް ހިންގާފައި އެވެ. އެގޮތުން ސްޕާތަކާއި ރަށު މާރުކޭޓުގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީން ހައްޔަރު ކުރި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް