މީގެ ކުރިން ކަސްޓަމްސް އިން އަތުލައިގަތް މަސްތުވާތަކެތި -- ފޮޓޯ: ކަސްޓަމްސް
ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ދެ ބިދޭސީން ހައްޔަރު ކޮށްފި އެވެ.
ކަސްޓަމްސްއިން ބުނީ އެ މައްސަލައިގަ ހައްޔަރު ކުރީ ނޭޕާލަށް ނިސްބަތްވާ ދެމީހުން ކަމަށެވެ. އެ ދެ މީހުން ހައްޔަރު ކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ތައިލެންޑު މަގުން ރާއްޖެ އައިތަނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
ކަސްޓަމްސްއިން ބުނީ އެމީހުން ބަލާ ފާސްކުރީ އަމަލުތައް ހުރިގޮތުން ކަސްޓަމްސް ޑިއުޓީ އޮފިސަރުންނަށް ޝައްކު ކުރެވިގެން ކަމަށެވެ.
އެމީހުން ބަލާ ފާސްކުރި އިރު ދިރުވާލައިގެން އެތެރެކުރަން މަސައްކަތް ކުރި ތިން ބާވަތެއްގެ މަސްތުވާތަކެތީގެ 142 ބުލެޓު ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ 51.6 ގްރާމް މޯފިން، 424 ގްރާމް ކޮކެއިން އަދި 708.2 ގްރާމް ހެރޮއިން އެވެ.
އެތަކެތީގެ ޖުމްލަ ބަރުދަނުގައި 1183.8 ގްރާމް ހުރިކަމަށް ކަސްޓަމްސްއިން މައުލާުމާތުދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް