ސްކޭމްއާ ގުޅޭ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވާ 54 އަހަރުގެ އަންހެނަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.
ފުލުހުން ހޯދަމުން އަންނަނީ މ. ގޯބިލިގަސްދޮށުގެ / މާލެ، ސަލީމާ ސަލީމް (އައިޑީކާޑު ނަންބަރު A125066) އެވެ. އޭނާ ހޯދަނީ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ތަހުގީގުކުރަމުންދާ މައްސަލައެއްގެ ތުހުމަތުގައި ސުވާލުކުރުމަށް ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
އިއުލާނުގައިވާ ގޮތުން، ސަލީމާ އުޅޭ ވަކި ތަނެއް ނޭނގޭތީ ތަހުގީގަށް ހާޒިރުވުމަށް އަންގާ ޗިޓު އޭނާއަށް ރައްދުކުރެވިފައެއް ނުވެއެވެ. އެހެންކަމުން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން އިއުލާނުކުރީ ކަމަށް ފުލުހުން ބުނެއެވެ.
ސަލީމާ ހާޒިރުވާން އަންގާފައިވަނީ ސާޖަންޓު އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށެވެ. އޭނާ ހާޒިރުވާންޖެހޭނީ 2026 އޮކްޓޫބަރު 26 ވަނަ ދުވަހުގެ ހެނދުނު 10:00 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް