ސީނިއާ އަންހެން ގައުމީ ބާސްކެޓްބޯޅަ ސްކޮޑް އެކުލަވާލުމަށް ކުޅުންތެރިން ހޮވުމުގެ ޓްރައިއައުޓް ތިން ދުވަހަކަށް ބަހާލައިގެން ކުރިއަށްގެންދަން ނިންމާފައިވާކަން މޯލްޑިވްސް ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ)ން ހާމަކޮށްފިއެވެ.
އެ އެސޯސިއޭޝަނުން ނެރުނު އިއުލާނުގައިވާ ގޮތުން، ސިލެކްޝަން ޓްރައިއައުޓްތައް ބާއްވާނީ ބާސްކެޓްބޯލް ޓްރެއިނިންގ ސެންޓަރ (ބީޓީސީ)ގައެވެ. ސެޝަންތައް ކުރިއަށް ގެންދާނީ 22 އޮކްޓޫބަރު ބުރާސްފަތި ދުވަހާއި، 23 އޮކްޓޫބަރު ހުކުރު ދުވަހާއި، 24 އޮކްޓޫބަރު ހޮނިހިރު ދުވަހުގެ 16:45 އިން 19:00 އަށެވެ.
ޓްރައިއައުޓުގައި ބައިވެރިވާން ބޭނުންވާ ކޮންމެ ކުޅުންތެރިއަކުވެސް ތިން ދުވަހުގެ ހުރިހާ ސެޝަނަކަށް ހާޒިރުވާން ޖެހޭނެ ކަމަށް އެމްބީއޭއިން ބުނެއެވެ.
މަގްބޫލު ސަބަބަކާހުރެ ޓްރައިއައުޓަށް ހާޒިރުނުވެވޭނަމަ، އެ ސަބަބު ބަޔާންކޮށް އެސޯސިއޭޝަނުގެ އީމެއިލް ([email protected]) މެދުވެރިކޮށް އަންގަން އެދިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް