ޑޮލަރުގެ ދަތިކަން އިންތިހާއަށް ގޮސްފި: ނަޝީދު

ސަރުކާރުން ޑޮލަރު ހޯދުމަށް ގެނައި ސިޔާސަތުތައް ފެއިލްވެ، ޑޮލަރުގެ އަގު ކޮންމެ ހަފްތާއަކު އިތުރުވަމުންދާކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

19 Oct 2026 | 06:23
ޑޮލަރުގެ ދަތިކަން އިންތިހާއަށް ގޮސްފި: ނަޝީދު

ސަރުކާރުން ޑޮލަރު ހޯދުމަށް ގެނައި ހުރިހާ ސިޔާސަތެއް ފެއިލްވެ، ޑޮލަރުގެ ދަތިކަން އިންތިހާއަށް ގޮސްފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެފިއެވެ.

ނަޝީދު މި ވާހަކަ ފާޅުކުރައްވާފައިވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ވިދާޅުވެފައިވާ ގޮތުގައި، މިހާރު އެމެރިކާ ޑޮލަރުގެ އަގު ދަނީ ކޮންމެ ހަފްތާއަކު އިތުރުވަމުންނެވެ. އަދި ބޭންކް އެކައުންޓުގައި ރުފިޔާ ހުރި ނަމަވެސް އެ ފައިސާ ޑޮލަރަށް މާރުކުރެވެން ނެތް ކަމަށެވެ.

މި ހާލަތުގެ ސަބަބުން އެންމެ ބޮޑަށް އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވަނީ ތައުލީމު ހާސިލުކުރުމަށް ބޭރުގައި ދިރިއުޅޭ އާއިލާތަކާއި، ގިނަ ވިޔަފާރިވެރިންނަށް ކަމަށް ނަޝީދު ވިދާޅުވެއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، މި މަހުވެސް ރާއްޖެ ޑިފޯލްޓަކަށް ނުގޮސް ސަލާމަތްވީ އިންޑިއާގެ ކަރަންސީ ސްވޮޕް އަނބުރާ ދައްކަން ޖެހޭ މުއްދަތު އިތުރުކޮށްދިނުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް