އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް --
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ހިންގުމުގައި ގިނަ ގޯސްތަކެއް ހެދިފައިވާކަން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ނައިބު ރައީސް މިހެން ބުނީ ކުވެއިތުގައި އޮންނަ ސިފައިންގެ ތަނަކަށް އީރާނުން ދިން ހަމަލާއެއްގައި މަރުވި މާސްޓަރ ސާޖަންޓް ނިކޯލް އަމޯގެ ފިރިމީހާ ޖޯއީ އަމޯ ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.
އޭނާ ބުނީ ޖޯއީގެ އަންހެނުން މަރުވި ހާދިސާއަށް ބަލާއިރު ސަލާމަތީގޮތުން އެތަނުގައި މައްސަލަތަކެއް ހުރި ކަމަށާއި ބައެއް ފަހަރު ހަމަލާގެ ކުރިން އެ ހަމަލާއެއްގެ މައުލޫމާތު އެމެރިކާއަށް ނޭނގޭ ކަމަށެވެ. އެހެންވެ ސިފައިންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގައި އިހުމާލުވި ކަންކަން ސީރިއަސްކޮށް ބަލައި ފިޔަވަޅުއަޅާފައިވާނެ ކަމަށް ވޭންސް ބުނެފައިވެ އެވެ.
އޭނާ ބުނީ އިރާން ފަޅިން އަޅަން އަގުހެޔޮ ޑްރޯންތަކުގެ ނުރައްކަލެއް ނެތް ކަމަށް ހީކޮށްގެން ތިބި ނަމަވެސް އެއީ ވިސްނޭ ގޯސް ވިސްނުމެއް ކަމަށާއި އެފަދަ ޑްރޯންތަކުގެ ނުރައްކާ ވަރަށް ބޯޑު ކަމަށެވެ. އޭނާ ފާހަގަ ކުރިގޮތުގައި އީރާނުން އައިސްދާނެ ހަމަލާއަކަށް އެމެރިކާގެ މެދުއިރުމަތީގެ މަރުކަޒުތައް އެންމެ ތައްޔާރީ ހާލަތަށް ގެނެވިފައި ނުވުމަކީ ހެދުނު ގޯހެއް ކަމަށެވެ.
އެ ބައްދަލުވުމުގައި މަރުވި ސިފައިންގެ މީހެއްގެ އާއިލާއިން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުންމީދު ކުރިވަރުގެ ކާމިޔާބެއް އަދިވެސް ނުލިބެނީ ކީއްވެތޯ ސުވާލުކޮށްފައި އެވެ. އެކަމާ ގުޅޭޣޮތުން ވޭންސް ބުނީ ބައެއް ގޮތްގޮތުން ކާމިޔާބު ވެފައިވާ ކަމަށާއި އިރާނަށްވެސް މި ހަނގުރާމައިގަ ކޮންމެސް ވަރެއްގެ ކާމިޔާބެއް ލިބިފައިވާ ކަމަށެވެ.
ފެބްރުއަރީ މަހުގެ ފަހުކޮޅު ފެށުނު ހަނގުރާމައިގެ ފުރަތަމަ ގަޑިއިރުތަކުގައި ދިން އެ ހަމަލާގައި އެމެރިކާގެ އާމީ ރިޒާވްގެ ހަ ސިފައަކު މަރުވިއިރު، މިހާތަނަށް މަދުވެގެން 21 އެމެރިކާ ސިފައިންގެ މީހަކު މަރުވެ، ސަތޭކައަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް