ފަރެސްމާތޮޑާގައި ގެއެއްގެ އޭސީއެއްގައި ރޯވެ މީހަކަށް އަނިޔާވެއްޖެ

19 Oct 2026 | 05:38
ފަރެސްމާތޮޑާގައި ގެއެއްގެ އޭސީއެއްގައި ރޯވެ މީހަކަށް އަނިޔާވެއްޖެ

ގދ. ފަރެސްމާތޮޑާގެ ގެއެއްގައި ރޭ ފަތިހު ރޯވެ، މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން މައުލޫމާތުދޭގޮތުގައި އެ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމުގެ ރިޕޯޓު އެ ފަރާތަށް ލިބުނީ ފަތިހު 04:15 ހާއިރުއެވެ.

އަލިފާން ނިވުމުގެ މަސައްކަތް ކުރީ ފުލުހުންނާއި ފަޔަރ އެންޑް ރެސްކިއު ސަރވިހާއި ރަށު ކައުންސިލާ ގުޅިގެންނެވެ.

އަނިޔާވި މީހާގެ ހާލަތު ސީރިއަސް ނޫން ކަމަށް ފުލުހުން ބުނެއެވެ. އެ ހާދިސާގައި ސީރިއަސް އަނިޔާއެއް އެއްވެސް މީހަކަށް ވެފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ތަހުގީގުން މިހާތަނަށް ހޯދިފައިވާ މައުލޫމާތުން އެނގޭގޮތުގައި އަލިފާން ރޯވީ އެ ގޭގެ ކޮޓަރިއެއްގައި ހަރުކޮށްފައި ހުރި އޭސީއެއްގައި ކަމަށް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް