ޚާން ޔޫނިސް ސަރަހައްދުގެ މަންޒަރެއް - ފޮޓޯ: އަބްދެލް ކަރީމް ހަނާ / އެސޯސިއޭޓެޑް ޕްރެސް
ޣައްޒާ އިސްރާއީލު ހަނގުރާމައިގެ ހަމަލަތައް
ބަދަލުކުރުން ހުއްޓާލާފައިވާ މި ދަނޑިވަޅުގައިވެސް އިސްރާއީލުން ޣައްޒާއަށް
ހަމަލަތަކެއް ދީފިއެވެ.
އެގޮތުން މިއަދު މައިގަނޑު ތިން ހަމަލައެއް
ދީފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެއީ ޣައްޒާގެ މެދުތެރެއިން ކެފޭއެއް
ހިމެނޭ ސަރަހައްދަކަށް ދިން ހަމަލައަކާއި ނުސައިރަތު ރެފިއުޖީ ކޭމްޕްގެ އަލް-އަހްލީ
ސޮކަރ ކްލަބް ސަރަހައްދަށް ދިން ހަމަލައެއްގެ އިތުރުން ޚާން ޔޫނިސްގެ މުވާސީ ސަރަހައްދަށް
ދިން ހަމަލައެކެވެ.
އެ ތިން ހަމަލައިގާ ޖުމުލަ ނުވަ މީހަކު ސަހީދުކޮށްލާފައިވާއިރު
އިސްރާއީލުން ބުނެފައިވަނީ އެ ހަމަލަތައް ދިނީ ހަމާސް އިން އެއްބަސްވުމާ ޚިލާފު ޢަމަލުތަކެއް
ހިންގާތީ ކަމަށެވެ.
އެގޮތުން ރަފަހް ބޯޑަރު ސަރަހައްދުން ހަމާސް އިން
އިސްރާއީލުގެ ފައުޖަކަށް އަމާޒުކޮށް ހަމަލަދިންކަމަށް އިސްރާއީލުން
ބުނެފައިވެއެވެ.
ނަމަވެސް އިސްރާއީލުގެ އެ ވާހަކަ ހަމާސްއިން
ދޮގުކުރެއެވެ. ހަމާސްއިން ބުނެފައިވަނީ ސުލްހައިގެ މަގުޗާޓުގެ ދެވަނަ މަރުޙަލާގެ
މަޝްވަރާތަކަށްވެސް ހަމާސް އިން ތައްޔާރު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް