ކަސްޓަމްސް އިން ތިން މިލިޔަން ސިނގިރޭޓު އަންދާލައިފި

ކަސްޓަމްސް އިން ތިން މިލިޔަން ސިނގިރޭޓު އަންދާލައިފި ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 3,183,040 (ތިން މިލިއަން އެއްލައްކަ އަށްޑިހަ ތިންހާސް ސާޅީސް) ސިނގިރޭޓް ސްޓިކްސް / 199 ކޭސް ސިނގިރޭޓް ނައްތާލައ...

19 Oct 2025 | 13:04
ކަސްޓަމްސް އިން މިއަދު ސިނގިރޭޓު ނައްތާލުން - ފޮޓޯ: ކަސްޓަމްސް

ކަސްޓަމްސް އިން މިއަދު ސިނގިރޭޓު ނައްތާލުން - ފޮޓޯ: ކަސްޓަމްސް

ކަސްޓަމްސް އިން ތިން މިލިޔަން ސިނގިރޭޓު އަންދާލައިފި

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 3,183,040 (ތިން މިލިއަން އެއްލައްކަ އަށްޑިހަ

ތިންހާސް ސާޅީސް) ސިނގިރޭޓް ސްޓިކްސް / 199 ކޭސް ސިނގިރޭޓް ނައްތާލައިފިއެވެ.

ކަސްޓަމްސް އިން ބުނެފައިވާގޮތުގައި އެތަކެއްޗަކީ ޤާނޫނާ

ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްގެ ބަލައިފާސްކުރުމުގެ

ތެރެއިން ހޯދިފައިވާ ތަކެއްޗެވެ.

މި ތަކެތި ނައްތާލާފައިވަނީ 2025 އޮކްޓޯބަރު 19 ވަނަ

ދުވަހު ކ. ދޫނިދޫ ގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައެވެ.

ކަސްޓަމްސް އިން ތިން މިލިޔަން ސިނގިރޭޓު މިއަދު

އަންދާލާފައިވާއިރު ކަސްޓަމްސް އިން ހިފަހައްޓައި އެމްޕީއެލްގެ ބެލުމުގެ ދަށުގައި

ހުރި ދެ ކޮންޓޭނަރު ސިނގިރޭޓު ގެއްލުނު މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް