ބަންޑުން ޖަހާލި ކޮޅުވެއްޓި - ފޮޓޯ: މެރިން ޕޮލިސް
ބުދަ ދުވަހުގެ ރޭ މެންދަމު މާލެއިން
ދަތުރުކުރަމުންދަނިކޮށް އޮބްލޫ ރިސޯޓު ބޭރުން ބަންޑުން ޖަހާލި ކޮޅުވެއްޓިން
ގެއްލުނު ތިންވަނަ މީހާގެ ހަށިގަނޑުވެސް ފެނިއްޖެއެވެ.
މީޑިއާއަށް މަޢުލޫމާތުދެމުން އެމްއެންޑީއެފްއިން
ދެންމެ ބުނެފައިވަނީ ބަންޑުން ޖަހާލައި އަޑިއަށްދިޔަ "އަލްމާކް-ފިޔަ" ލޭންޑިންގ
ކްރާފްޓުން ގެއްލިގެން ހޯދަމުންދިޔަ ތިންވަނަ މީހާގެ ހަށިގަނޑު ފެނިފައިވަނީ މާލެ
އަތޮޅު އާއިލާ ފުށި (އޮބްލޫ އެކްސްޕީރިއަސް ރިސޯޓް) އާއި ވިލާ ނޯޓިކާއާއި ދެރަށް ދޭތެރެއިން
އޮޔާދަނިކޮށް ރޭގެ ވަގުތެއްގައި ކަމަށެވެ.
އެ ފެނުނީ ސްރީލަންކާއަށް ނިސްބަތްވާ މީހާގެ
ހަށިގަނޑެވެ.
ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު އޭގައި ހަތް މީހަކު
ތިބިއިރު އެއިން ތިން މީހަކު ގެއްލުނެވެ. ގެއްލުނީ ދިވެއްސަކާއި އިންޑިއާ ރައްޔިތެއްގެ
އިތުރުން ސްރީލަންކާގެ ރައްޔިތެކެވެ.
ބުރާސްފަތި ދުވަހުގެ ދެ ވަގުތެއްގައި ދެ މީހެއް ފުރާނަ
ނެތް ހަށިގަނޑު ފެނުން މަތިކުރިއެވެ. އަދި މިއަދާއި ހަމައަށްވެސް ތިންވަނަ މީހާ
ހޯދުމުގެ މަސައްކަތް ކުރަމުން ގެންދިޔައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް