އައިއެސްއާ ދެކޮޅަށް ހަމަލާތައް ވަރުގަދަ ކުރަން ސެކިއުރިޓީ ކައުންސިލުން ގޮވާލައިފި

އިރާގާއި ސޫރިޔާގައި ވަކި ހިލާފަތެއް އިއުލާނުކޮށް ހަނގުރާމަ ކުރަމުންއ އަންނަ އައިއެސް އާ ދެކޮޅަށް ހަމަލާތައް އިތުރަށް ވަރުގަދަކޮށް އައިއެސް ނައްތާލަން އދގެ ސެކިއުރިޓީ ކައުންސިލުން ގޮވާލައިފި އެވެ. އެ ކ...

19 Oct 2014 | 08:46

އިރާގާއި ސޫރިޔާގައި ވަކި ހިލާފަތެއް އިއުލާނުކޮށް ހަނގުރާމަ ކުރަމުންއ އަންނަ އައިއެސް އާ ދެކޮޅަށް ހަމަލާތައް އިތުރަށް ވަރުގަދަކޮށް އައިއެސް ނައްތާލަން އދގެ ސެކިއުރިޓީ ކައުންސިލުން ގޮވާލައިފި އެވެ.

އެ ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުރިހާ ގައުމަކުންވެސް އިރާގާއި ސޫރިޔާއަށް އެއްބާރުލުން ދިނުން އެދޭ ކަމަށެވެ. އަދި އައިއެސްއާ ދެކޮޅަށް ކުރިއަށްދާ ހަނގުރާމައިގާ ބައިވެރިވެ އައިއެސް ނައްތާލުމުގައި އެއްބާރުލުން ދިނުމަށް ބައިނަލްއަގްވާމީ ކޮމިއުނިޓީއަށް ގޮވާލާ ކަމަށެވެ.

އައިއެސްއާ ދެކޮޅަށް އެމެރިކާއިން ހަނގުރާމަ އިއުލާނުކޮށް 20 ގައުމެއްގެ އެއްބާރުލުމާއެކު އައިއެސް ނައްތާލުމުގެ މަސައްކަތް މިދިއަ އޮގަސްޓްމަހުން ފެށިގެން އެމެރިކާއިން އަންނަނީ ކުރަމުންނެވެ. ފާއިތުވި ހަފްތާގެ ބުދަ ދުވަހު އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވީ އައިއެސްއިން ކުރިއެރުންތަކެއް ހޯދާ ސޫރިޔާގެ ކޮބާނީގެ ކޮންޓްރޯލް އައިއެސް އިން ހޯދާފައިވާތީ އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.

އެމެރިކާ އަދި އެމެރިކާގެ އެކުވެރި ކޯލީޝަނުން އައިއެސްއާ ދެކޮޅަށް ހަނގުރާމަކުރަމުން އަންނައިރު އައިއެސްއިން އަތުލައިގެންފައިވާ ހަނގުރާމަމަތީ 3 ޖެޓް ފްލައިޓް ބޭނުންކުރަން ޕައިލެޓުން ތަމްރީނުކުރަމުން އަންނަކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ މޮނީޓަރުން ގްރޫޕަކުންވަނީ ބުނެފައެވެ. އަދި އައިއެސްއިން އެ 3 ޖެޓް ބޭނުން ކުރަން ފަށައިފިނަމަ އެމެރިކާގެ ކޯލީޝަނަށް ކޮންމެވެސް ވަރެއްގެ އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭނެކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް