ރާއްޖެއިން ބަންގްލަދޭޝް އަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު ޝިއުނީން ރަޝީދު -
ރާއްޖެއަށް މުހިއްމު ޓޫރިސްޓް މާކެޓެއްގެ ގޮތުގައި
ބަންގްލަދޭޝް ފާހަގަކުރެވެން ފަށާފައިވާކަމުގައި ރާއްޖެއިން ބަންގްލަދޭޝް އަށް
ކަނޑައަޅުއްވާފައިވާ ހައި ކޮމިޝަނަރު ޝިއުނީން ރަޝީދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ބަންގްލަދޭޝްގެ ވެރިރަށް،
ދާކާގައި މިއަދު ފެށި 12 ވަނަ، އޭސިއަންޓޫރިޒަމް ފެއާ އިފްތިތާހުކޮށްދެއްވަމުން
ދެއްކެވި ވާހަކަފުޅުގައެވެ.
ހައި ކޮމިޝަނަރުގެ ވާހަކަފުޅުގައި ބަންގްލަދޭޝް
އަކީވެސް ރާއްޖެއަށް މުހިއްމު މާކެޓެއްކަމުގައި ފާހަގަކުރެއްވިއެވެ. ވިޒިޓް
މޯލްޑިވްސް އިންވެސް ބައިވެރިވާ އެ ފެއާގައި، ބަންގްލަދޭޝް ފަތުރުވެރިން ޗުއްޓީތަކުގެ
މަންޒިލެއްގެ ގޮތުގައި "ސަނީ ސައިޑް އޮފް ލައިފް" ޚިޔާރު ކުރުމުގެ ދައުވަތުވެސް
ހައިކޮމިޝަނަރު ދެއްވިއެވެ.
މީގެ އިތުރުން ދެމެހެއްޓެނެވި ފަތުރުވެރިކަމެއް
ބިނާކުރުމާއި ހޮސްޕިޓާލިޓީ ތަމްރީނުގެ ދާއިރާއިންނާއި ކަނެކްޓިވިޓީގެ ދާއިރާއިން
ދެ ޤައުމުގެ ގުޅިގެން މަސައްކަތް ކުރުމުގެ ފަހި ފުރުޞަތުތައް ހުރިކަންވެސް ހައި
ކޮމިޝަނަރު ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް