އައު ލައުންޖް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އެމްއޭސީއެލް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ފުރަތަމަ
ލައުންޖް ހުޅުވައިފިއެވެ.
އިއްޔެ ހުޅުވި އެ ލައުންޖަށް ދީފައިވާ ނަމަކީ
"ކޮވެލި" ލައުންޖް އެވެ.
އެ ލައުންޖް ހުޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓަރު
މުޙައްމަދު ސަޢީދު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް މުޙައްމަދު
ޝަރީފެވެ.

އެމްއޭސީއެލްއިން ބުނެފައިވާގޮތުގައި އާ ޓާމިނަލުގެ
ދެވަނަ ފަންގިފިލާގައި ހުޅުވި އެ ލައުންޖަކީ 1،230 އަކަމީޓަރުގެ ބޮޑު
ލައުންޖެކެވެ. ލައުންޖުން އެއް ވަގުތެއްގައި 270 މީހަކަށް ޚިދުމަތް ދެވޭނެކަމަށްވެސް
އެމްއޭސީއެލްއިން ބުނެފައިވެއެވެ.
ފަސިންޖަރުންނަށް ތަފާތު ތަޖުރިބާތަކެއް ކުރެވޭ
ގޮތަށް ފަރުމާކޮށްފައިވާ އެ ލައުންޖުގައި ކުޑަކުދިން ގުޅޭނެ ޖާގައެއްގެ އިތުރުން
ބުފޭ ސާވިސް އަށް ޚާއްޞަ ތަނަކާއި ފެންވެރޭގޮތަށް ޚާއްޞަ އިންތިޒާމުތައް ހުންނާނެ
ކަމަށްވެސް އެމްއޭސީއެލްއިން ބުނެފައިވެއެވެ. އަދި އޭގެ އިތުރުން ޚާއްޞަ އެހީއަށް
ބޭނުންވާ މީހުންނަށާއި ބޭބީ ކެއާއަށް ޚާއްޞަ ކޮޓަރިތައް ހުންނާނެ ކަމަށްވެސް
ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް