ގއ. ވިލިނގިލީ، ވައިޓްހައުސް، އުމުރުން 47 އަހަރުގެ ޝަހީބް އިބްރާހީމް -
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ފުލުހުން
ތުހުމަތުކުރާ ގއ. ވިލިނގިލީ، ވައިޓްހައުސް، އުމުރުން 47 އަހަރުގެ ޝަހީބް އިބްރާހީމް
އަމިއްލައަށް ފުލުހަށް ހާޒިރުވުމުން ހައްޔަރުކޮށްފިއެވެ.
މީޑިއާތަކަށް މަޢުލޫމާތުދެމުން ރޭގައި ފުލުހުން
ބުނެފައިވަނީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހޯދަމުންދިޔަ
ޝަހީބް ރޭގައި އަމިއްލައަށް ފުލުހުންގެ މައި މަރުކަޒަށް ހާޒިރުވުމުން
ހައްޔަރުކޮށްފައިވާކަމަށެވެ.
ޝަހީބު އަމިއްލައަށް ފުލުސް އޮފީހަށް
ހާޒިރުވެފައިވާއިރު ކޯޓު އަމުރެއްގެ ދަށުން އޭނާގެ އަންހެނުން، މ. ކަރާދުބުރިގެ،
އާއިޝަތު ވަހީދާ ހައްޔަރުކުރިއެވެ. ޝަހީބުގެ އަންހެނުން ހައްޔަރުކުރި ކޯޓު
އަމުރުގައި ބުނެފައިވަނީ އޮގަސްޓް 12، 2020 ގައި އިތުރު ބަޔަކާ ގުޅިގެން ކަނޑުމަގުން
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ޓްރެފިކް ކުރުމުގެ މައްސަލައިގާ ބަންދުގައި
ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ފުލުހުން ހޯދަމުންދާ ޝަހީބު، ފުލުހުންނަށް
ފިލައިގެން އުޅޭ ކަމަށާއި އޭނާ ފިލައިގެން އުޅެން އޭނާގެ އަންހެނުން އެހީތެރިވާކަމަށް
ތުހުމަތު ކުރެވޭ ކަމަށެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ޝަހީބު 2023
ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ދޫކޮށްލި ނަމަވެސް ރާއްޖެއިން ބޭރަށް ދިއުން
އޮތީ މަނާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް