ތިމާވެއްޓާ ރައްޓެހި ކޮތަޅު ހިފައިގެން ގޮސް ބާޒާރުކުރުމުން އެސްޓީއޯ ސުޕަމާޓުން ޑިސްކައުންޓް

ތިމާވެއްޓާ ރައްޓެހި ކޮތަޅު ހިފައިގެން ގޮސް ބާޒާރުކުރުމުން 2 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ނިންމާފައިވާކަން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އެސްޓީއޯއިން ހިންގަމުން އަންނަ އެސްޓީއޯ ސުޕަމާޓުން ބުރާސ...

19 Sep 2019 | 13:53

ތިމާވެއްޓާ ރައްޓެހި ކޮތަޅު ހިފައިގެން ގޮސް ބާޒާރުކުރުމުން 2 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ނިންމާފައިވާކަން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އެސްޓީއޯއިން ހިންގަމުން އަންނަ އެސްޓީއޯ ސުޕަމާޓުން ބުރާސްފަތި ދުވަހު ބުނެފިއެވެ.

އެސްޓީއޯއިން ބުނީ ޕްލާސްޓިކް ކޮތަޅަށް ނޫނެކޭ ބުނުމަށް އެންމެ މުހިއްމު ކަމަކީ އާދަކާދައަށް ބަދަލު ގެނައުން ކަމަށްވާއިރު ގެއިން ކޮތަޅު ހިފައިގެން ބާޒާރުކުރަން އަންނަ ފަރާތްތަކަށް ޑިސްކައުންޓެއް ދިނުމަކީ އެފަދަ އާދަތައް އަށަގެންނެވުމަށް ދެވޭނެ ހިތްވަރެއްކަމަށް ދެކޭކަމަށެވެ. އަދި މި ކަމަކީ އެއްފަހަރު ބޭނުންކުރުމަށްފަހު އެއްލާލެވޭ ޕްލާސްޓިކް ބޭނުންކުރުން އެއްކޮށް ހުއްޓާލުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން ފަށާފައިވާ މަސައްކަތެއްކަމަށް ސުޕަމާޓުން ބުންޏެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށްޓަކައި ޤައުމީ ފެންވަރުގެ ކެމްޕޭނެއް ސަރުކާރުން ފަށާފައިވާއިރު، އެސްޓީއޯއިން މީގެ ކުރިން ވަނީ އެއްފަހަރު ބޭނުންކުރުމަށްފަހު އެއްލައިލެވޭ ޕްލާސްޓިކް ވިއްކުން ހުއްޓާލުމަށްޓަކައި ފިހާރައިގައި ހުރި ޑިސްޕޮސިބަލް ތައްޓާއި، ސަމުސަލާއި އެހެނިހެން އުފެއްދުންތަކުގެ ސްޓޮކް ހުސްކުރުމަށްޓަކައި ހެޔޮ އަގުގައި ވިއްކަން ފަށާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް