ޕޮލިސް ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓް ވެއްޖެ

ގ. ހުސްނުހީނާ މަގުގައި މިއަދު ޕޮލިސް ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓް ވެއްޖެއެވެ. ފުލުހުން ވިދާޅުވީ މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު 10:24 ހައިރު ކަމުގައެވެ. މި އެކްސިޑ...

19 Sep 2019 | 07:10

ގ. ހުސްނުހީނާ މަގުގައި މިއަދު ޕޮލިސް ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓް ވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު 10:24 ހައިރު ކަމުގައެވެ.

މި އެކްސިޑެންޓް ގައި، ސައިކަލް ދުއްވަން އިނީ 19 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި އޭނާ ގެ ކަކޫ ކުޑަކޮށް މަޝައިގެންގޮސް، ކަކުލަށް ތަދުވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި އެކްސިޑެންޓް ގައި ސައިކަލް އަދި ކާރު ދުއްވަން އިން ދެ މީހުންގެ އުތުގައިވެސް ލައިސެންސް އޮތެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހްޤީޤް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް