އެންޑީއެމްއޭއިން އެމްއެންޑީއެފަށް ހަތަރު ޑްރޯން ހަދިޔާ ކޮށްފި

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ހަތަރު ޑްރޯން ހަދިޔާކޮށްފިއެވެ. އެންޑީއެމްއޭގެ ފަރާތުން މި ހަތަރު ޑްރޯން އެމްއެންޑީ...

19 Sep 2019 | 00:35

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ހަތަރު ޑްރޯން ހަދިޔާކޮށްފިއެވެ.

އެންޑީއެމްއޭގެ ފަރާތުން މި ހަތަރު ޑްރޯން އެމްއެންޑީއެފަށް ހަދިޔާކޮށްދެއްވީ އެމްއެންޑީއެފްގެ ލީޑަރޝިޕާއެކު މިއަދު ބަންޑާރަކޮށީގައި ބޭއްވެވި ޚާއްޞަ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި، އެންޑީއެމްއޭގެ ފަރާތުން ޑްރޯންތައް ހަވާލުކޮށްދެއްވީ، އެ އޮތޯރިޓީގެ ޗީފް އެކްޒެކްޓިވް، ހިސާން ޙަސަންއާއި، ޑެޕިޔުޓީ ޗީފް އެގްޒެކެޓިވް، އުމަރު މޫސާ ފިކުރީ އަދި ޑައިރެކްޓަރ ޖެނެރަލް ސަފީނާޒް އެވެ.

އެމްއެންޑީއެފްގެ ފަރާތުން މި ޑްރޯންތަކާ ހަވާލުވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، އެމްއެންޑީއެފް ކޯސްޓްގާޑު ކޮމަޑާންޓް، ކާނަލް މުޙައްމަދު ސަލީމް އަދި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ކޮމަޑާންޓް، ކާނަލް ޢަބްދުﷲ އިބްރާހީމެވެ.

އެންޑީއެމްއޭއިން ހަދިޔާކުރެއްވި މި ޑްރޯންތަކަކީ، ހިޔުމެނިޓޭރިއަން އެސިސްޓެންސް އެންޑް ޑިޒާސްޓަރ ރިލީފް (އެޗްއޭޑީއާރު) އޮޕަރޭޝަނާއި ސާރޗް އެންޑް ރެސްކިޔު (އެސްއޭއާރު) ގެ މަސައްކަތްތައް ކުރުމުގައި ދިވެހި ސިފައިންގެ އޮޕަރޭޝަނަލް ކެޕޭސިޓީ މަތިކޮށްދީ، ޑިޒާސްޓަރ ރެސްޕޮންސް އިތުރުކޮށްދިނުމުގެ ގޮތުން ހަވާލުކުރެއްވި ޑްރޯންތަކެކެވެ.

ޑްރޯންތައް ހަދިޔާކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުންގެ އިތުރުން، އެންޑީއެމްއޭގެ ސީނިއަރ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް