އެންގޭޖްމަންޓަށް ފަހު ޕްރިޔަންކާ އާއި ނިކް އެނބުރި މަސައްކަތަށް

ބޮލީވުޑްގެ އެކްޓްރެސް ޕްރިޔަންކާ ޗޮޕްރާ އާއި އިނގިރޭސި ލަވަކިޔުންތެރިޔާ ނިކް ޖޯނަސްގެ އެންގޭޖްމަންޓަކީ ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔަ އެންގޭޖްމެންޓެކެވެ. އިންޑިޔާގެ ޘަގާފަތާ އެއްގޮތަށް އިއްޔެ ދ...

19 Aug 2018 | 10:21

ބޮލީވުޑްގެ އެކްޓްރެސް ޕްރިޔަންކާ ޗޮޕްރާ އާއި އިނގިރޭސި ލަވަކިޔުންތެރިޔާ ނިކް ޖޯނަސްގެ އެންގޭޖްމަންޓަކީ ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔަ އެންގޭޖްމެންޓެކެވެ. އިންޑިޔާގެ ޘަގާފަތާ އެއްގޮތަށް އިއްޔެ ދެމީހުންގެ އެންގޭޖްމެންޓްގެ ކަންކަން ކުރިޔަށް ގެންގޮސްފައި ވާއިރު ދެމީހުން ވަނީ ޕާޓީއެއްވެސް ދީފައެވެ. އެންގޭޖްމެންޓަށް ނިކްގެ އާއިލާ އިންޑިޔާއަށް އައިސްފައިވާއިރު  ފުރަތަމަ ފަހަރަށް ދެ ފަރާތުގެ އާއިލާ ވަނީ ބައްދަލުވެފައެވެ. ކޮންމެ އަކަސް އެންގޭޖްމެންޓްގެ ކަންތައް މިވަނީ ނިމިފައެވެ. ދެން އޮތީ މަސައްކަތެވެ.

ރިޕޯޓްތައް ބުނާގޮތުން ނިކް އޭނާގެ އާއިލާއާއެކު އެނބުރި އެމެރިކާ އަށް ދިޔުމަށް ވަރަށް އަވަހަށް ފުރާނެއެވެ. އަދި ޕްރިޔަންކާވެސް އެނބުރި އޭނާގެ މަސައްކަތަށް ނިކުންނާނެއެވެ. ޕްރިޔަންކާ އޭނާ އެންމެ އަވަހަށް ކުޅެން ނިންމާފައިވާ ފިލްމު " ދަ ސްކައި އިޒް ޕިންކް" ގެ މަސައްކަތް ފިލްމުގެ ކާސްޓާއެކު ފަށާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުން މި ދެމީހުންގެ ކައިވެނި އޮންނާނީ މިއަހަރުގެ އޮކްޓޯބަރ މަހުއެވެ. މަސައްކަތާއެކު ދެމީހުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން ދުނިޔޭގެ ދެ ބައްރެއްގައި ކުރިޔަށްދާއިރު ކައިވެންޏަށްފަހު ދެމީހުންގެ ދިރިއުޅުމުގެ ކަންކަން ކުރިޔަށް ގެންދާނެ ގޮތެއް އަދި ނޭންގެއެވެ. އެހެންނަމަވެސް އެއީ ގިނަ ބަޔަކު ބަލަން ބޭނުންވާނެ ކަންކަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް