މިއަދު ދުވަހުގެ ރެސްޓޯރެންޓް ސެގްމެންޓްގައި މި ގެނެސްދެނީ ހުޅުމާލޭގައި އަލަށް ހުޅުވި، ވަރަށް ހިތްގައިމު ރެސްޓޯރެންޓެއް ކަމަށްވާ ޕާޕަ ސޭމްސް ރެސްޓޯރެންޓެވެ. މިތަނުގެ ކާ އެއްޗެހީގެ މީރު ވާހަކައާއި މާހައުލުގެ ފުރިހަމަ ކަމުގެ ވާހަކަ މިތަނަށް ކާން ދާ ކޮންމެ މީހެއްވެސް އުފަލާ އެކީ ދައްކައެވެ. ރިވިއުތަކުން އެކަން އެނގެއެވެ. މި ރެސްޓޯރެންޓް ހުންނަނީ ހުޅުމާލެ ނިރޮޅުމަގު ލޮޓް ނަމްބަރު 11040ގައެވެ.
ޕާޕަ ސޭމްސްގެ އިފްތާރު މެނޫ އަށް ބަލާލާއިރު ދެ ދުވަހުން މެނޫ ބަދަލުވާނޭހެން ހަތަރު މެނޫއެއް ހިމަނާފައިވެއެވެ. ހުކުރު ދުވަހަށް ވަކި ހާއްސަ އިފްތާރު މެނޫއެއް ހިމަނާފައިވެއެވެ. މި ރެސްޓޯރެންޓުން ރޯދަވީއްލުމުގެ އަގު އުޅެނީ 165ރުފިޔާ އާއި 199ރުފިޔާ އާއި ދެމެދުގެ އަގެއްގައެވެ. ރިޒަވޭޝަން ހެއްދެވުމަށް 7790009 ނުވަތަ 7680474 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް