އައްޑޫ ސިޓީގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކޮށްފި

އައްޑޫ ސިޓީގެ ބައެއް ރަށްތަކަށް މިއަދު އުދައިގެ އަސަރު ކޮށްފިއެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ރިޕޯޓްކޮށްފައިވާގޮތުގައި އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުމީދޫއަށް މިއަދު ވަނީ އުދައިގެ އަސަރު ކޮށްފައެ...

19 Apr 2019 | 12:44

އައްޑޫ ސިޓީގެ ބައެއް ރަށްތަކަށް މިއަދު އުދައިގެ އަސަރު ކޮށްފިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ރިޕޯޓްކޮށްފައިވާގޮތުގައި އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުމީދޫއަށް މިއަދު ވަނީ އުދައިގެ އަސަރު ކޮށްފައެވެ.

އައްޑޫ ސިޓީ ކައުންސިލަރު އިބްރާހިމް ޝުކުރީއާއި ހަވާލާދީ ޕީއެސްއެމްގައި ރިޕޯޓްކޮށްފައިވާގޮތުގައި ދިޔަވަރު ބޮޑުވިވަގުތު ހުޅުދޫ ބަނދަރުގެ ތޮށިގަނޑު މައްޗަށް ލޮނުގަނޑު އަރާފައިވެއެވެ. އެ ރަށުގެ ބައެއް ސަރަހައްދުތަކަށް ލޮނުގަޑުގެ އަސަރުކޮށްފައިވެއެވެ. ނަމަވެސް މިވަގުތަކީ ދިޔަވަރު ބޮޑު ނޫން ވަގުތެއްކަމުން މިހާރު އުދަ އަރަމުން ނުދާކަމަށް ޝުކުރީ އާއި ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.

މިއަދަކީ މާ މޫސުން ގޯސް ދުވަހެއް ނޫންނަމަވެސް އއްޑޫ ސިޓީ ހިމެނޭ ދެކުނަށް ކަނޑު ފުދޭވަރަކަށް ގަދައެވެ. ދެކުނުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާއިންވެސް މިއަދަށް ލަފާކޮށްފައިވެއެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފައިވާގޮތުގައި ހުޅަނގާއި ހުޅަނގު އުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު ތިން މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެން ވެއެވެ.

ކަނޑު، ދެކުނުގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އަދި ކަނޑުތައް އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމުގައިވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް